logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ފޯމުތަކުގެ ސައްހަކަން ބަލަންފެށުމުން، ޕާޓީތަކަށް މީހުން ވެއްދުން މަދުވެއްޖެ

ސިޔާސީ ޕާޓީތަކަށް ވައްދަން އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރަަން އެ ކޮމިޝަނުން އިތުރު މަސައްކަތްތަކެއް ކުރަން ފެށުމާއި އެކު ޕާޓީތަކުން، ފޯމު ހުށަހަޅާ އަދަދު ބޮޑުތަނުން ދަށަށް ހިނގައްޖެ އެވެ.

މީހުންނަށް ނޭނގި އެކިސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ޖައްސާ ކަމުގެ ޝަކުވާ ބޮޑުވުމުން، ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރަން އީސީން ދެ ކަމެއް ކުރަން ފެށި އެވެ. އެ ދެ ކަންތައް ވެސް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު އެވެ. ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރަން އެކޮމިޝަނުން މިހާރު ކުރާ އެއް ކަމަކީ ފޯމުތަކުގައި ޖަހާފައިވާ ނަމްބަރު ތަކަށް އެސްއެމްއެސް ފޮނުވުމެވެ. ދެވަނަ ކަމަކީ ފޯމުގެ މައުލޫމާތު ވެބްސައިޓް މެދުވެރިކޮށް އާއްމު ކުރުމާއި އެކު ޝަކުވާ ހުށަހަޅަން ހަފްތާއެއްގެ މުހުލަތު ދިނުމެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު އާއްމުކުރެއްވި ތަފާސް ހިސާބުތައް ދައްކާ ގޮތުން، ޕާޓީތަކަށް މީހުން ވައްދަން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފޯމު ހުށަހެޅި އަދަދަށް ވުރެ، މިދިޔަ ޑިސެމްބަރު މަހު (2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު) ހުށަހެޅި ފޯމުގެ އަދަދު 22 ގުނަ މަދެވެ.

ޕާޓީތަކަށް މީހުން ވައްދަން އެދި 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޖުމްލަ 22،398 ފޯމު ހުށަހެޅި އިރު 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހުށަހެޅީ އެންމެ 1،013 ފޯމެވެ.

މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާތީ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ވެސް މިދިޔަ އަހަރު އެ މައްސަލަ ހުށަހެޅި އެވެ. އެ މައްސަލައިގެ ބަހުސްގެ ތެރެއިން އެނގުނު ގޮތުގައި އެކި އެކި ޕާޓީތަކުގެ ޓިކެޓްގައި ހޮވިފައި ތިއްބެވި ބައެއް މަޖިލިސް މެމްބަރުން ވެސް އޮތީ އެހެން ޕާޓީތަކުގެ ދަފުތަރަށް ބަަދަލުވެފަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *