logo minivan

English

ހޯމަ, 09 ޑިސެމްބަރ 2024

ހުޅުމާލޭ ގައި އޮތް ޕޮލިސް ކާރެށް ރޯކޮށްލި މައްސަލައިގައި އަދި މީހަކު ހައްޔަރެށް ނުކުރޭ

ހުޅުމާލޭ އެޗްޑީސީ ބިލްޑިން ސަރަހައްދުގައި ޕާކުކޮއްފައި އޮތް ޕޮލިސް ކާރެއްގައި ރޭ ރޯކޮށްލި މައްސަލައިގަ  މިހަައިތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިނިވަންއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް އެ މައްސަލައިގާ ތުހުމަތުވާ މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

އެޗްޑީސީގެ ހެޑް އޮފީސް ހުންނަ އިމާރާތުގެ ކައިރީގައިވާ ޕާކިން އޭރިއާ ޕާކުކޮށްފައި އޮތް ފުލުހުންގެ ކާރެއްގައި ރޯކޮށްލި ކަމުގެ ރިޕޯޓެއް ލިބުނީ ފުލުހުން ކުރިން ބުނެފއިވާ ގޮތުގައި ރޭ 7:40 އެހާކަށް ހާއިރު އެވެ. އެ ހާދިސާގައި ކާރުގައި ރޯވި އަލިފާން،  ގިނަ އިރުތަކެއް ނުވެ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް ވެސް ފުލުހުން އޭރު ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެ ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *