logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ލިވަރޕޫލްގެ ތަރި މުހައްމަދު ސަލާހް ސޮއިކުރި ޖާރޒީއެއް ރައީސް މައުމޫނަށް ހަދިޔާކޮށްފި

ލިވަޕޫލުގެ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހް ސޮއި ކޮށްފައިވާ ޖޯޒީ އެއް، ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ހަދިޔާ އަކަށް ފޮނުވައިފި އެވެ.

މައުމޫނަށް ސަލާހު ފޮނުވި ހަދިޔާ ހަވާލު ކޮށްދިނީ ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ރާއްޖެއަށް ގެނައުމުގައި އެންމެ ފުންނާބު އުސް ޓްރެވަލް އެޖެންޓް އަދި ލިވަޕޫލްގެ ކުޅުންތެރިންނާ ގާތް ގުޅުމެއް އޮންނަ ރާއްޖޭގެ ސިމާއު ސައީދެވެ.

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި އެ ޖާޒީ ސިފަކުރައްވާފައި ވަނީ ހަޒާނާއެއް ފަދައިންނެވެ. އަދި ސަލާހަކީ ޝައްކެއް ވެސް ނެތް ގޮތުގައި ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް ވެސް މައުމޫން ކުރެއްވި ޓްވީޓުގައި ވެއެވެ.

ރައީސް މައުމޫނަކީ ރާއްޖޭގައި ހުރި އެންމެ ދުވަސްވީ ލިވަޕޫލްގެ ސަޕޯޓަރެވެ. މައުމޫން ވަނީ މީގެ ފަސްދޮޅަހަކަށް އަހަރު ކުރިން ލިވަޕޫލަށް ސަޕޯޓް ކުރައްވަން ފައްޓަވައިފަ އެވެ. ރައީސް މައުމޫނަކީ ރާއްޖޭގައި އުފެދިފައިވާ ލިވަޕޫލް ސަޕޯޓަރުންގެ ޖަމްއިއްޔާގެ އެއް ފައުންޑަރެވެ. މައުމޫން ގެންދަވަނީ ލިވަޕޫލްގެ ދިވެހި ސަޕޯޓަރުންގެ ވައިބަރ ގުރޫޕްގައި ޝުއޫރު ފާޅުކުރަމުންނެވެ. އަދި ލިވަޕޫލްގެ ސަޕޯޓަރުންނާއެކު ބައެއް މެޗްތައް ބައްލަވާފައެވެ.

ރައީސް މައުމޫނަށް ސަލާހު ހަދިޔާކުރި ޖޯޒީ ސިމާއުއާ ހަވާލުކުރީ މިދިޔަ ޑިސެމްބަރު މަހު ޑުބާއީންނެވެ. ލިވަޕޫލުން ވަނީ ޑިސެމްބަރު މަހު ޑުބާއީގައި ރަހުމަތްތެރިކަމުގެ މެޗުތަކެއް ކުޅެފައެވެ.

ލިވަޕޫލުން ޑުބާއީއަށް ކުރި ދަތުރުގައި ސަލާހު އާއެކު ސިމާއު

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *