logo minivan

English

ހޮނިހިރު, 27 ޖުލައި 2024

މަސްވެރިންނަށް އުފާވެރި ހަބަރެއް: މިފްކޯގެ ސައިޓްތަކުގައި އެފްއެސްއެމުން ތެޔޮ ވިއްކަން ފަށައިފި

މިފްކޯގެ ސައިޓްތަކުގައި މަސްވެރިންނަށް ތެޔޮ ވިއްކުމުގެ ހިދުމަތް ދިނުމަށް ފިއުލް ސަޕްލައި މޯލްޑިވްސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށް އެ ޚިދުމަތްދޭން ފަށައިފިއެވެ.

މިއަދު އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އިސްމާއީލް ފައުޒީ އެވެ. އެފްއެސްއެމްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް އެވެ.

މިއަދުން ފެށިގެން މިފްކޯގެ ގއ. ކޫއްޑޫ އާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިންނަށް ތެޔޮ ވިއްކުމުގެ ހިދުމަތް އެފްއެސްއެމް އިން ދޭން ވަނީ ފަށާފަ އެވެ. އަދި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި އަންނަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ތެލުގެ ހިދުމަތް އެފްއެސްއެމް އިން ދޭން ފަށަން ނިންމާފައި ވެއެވެ.

މި އެއްބަސްވުމުގެ ދަށުން ކްރެޑިޓަށް މަސްވެރިންނަށް ތެޔޮ ލިބިގެންދާނެއެވެ. މިފްކޯއާއި އެފްއެސްއެމް އަކީ އެސްޓީއޯގެ ދަށުން ހިނގަމުންއަންނަ ވަކި ދެ ކުންފުންޏެކެވެ. މިފްކޯގެ ސައިޓްތަކުގައި އެފްއެސްއެމްއިން ތެޔޮ ވިއްކަން ފެށުމުން މަސްވެރިންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ. ސަބަބަކީ ހެޔޮއަގުގައި ފަސޭހަ ކަމާއެކު ތެޔޮ އެޅުމުގެ ފުރުޞަތު މަސްވެރިންނަށް ފަހުވުމެވެ.

 

 

 

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *