logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ގއ. ދެއްވަދޫ. ދެއްވަދޫން މަހަށް ނުކުތް ދޯންޏަކުން އެންދަމަން ފޭބި މީހަކު މިއަދު މަރުވި.

އެންދަމަން މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަނިކޮށް، މަރުވެފައި އޮއްވާ ފެނިއްޖެ

ގއ. ދެއްވަދޫން މިއަދު މަސްވެރިކަމަށް ނުކުތް ދޯންޏަކުން އެންދަމަން ފޭބި މީހަކު ގެއްލިގެން ހޯދަނިކޮށް، އޭނާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

މަރުވީ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ ދެއްވަދޫން މަހަށް ނުކުތް ދޯންޏަކުން އެންދަމަން ފޭބި މީހަކު ޚަބަރެއް ނުވެ، ގެއްލިފައިވާކަމުގެ ރިޕޯޓެއް މިއަދު ހެނދުނު 8:30 އެހާކަށް ހާއިރު ލިބުނު ކަމަށެވެ. އެމީހާ ފެނުނީ ދެއްވަދޫގެ ބޭރުން މޭލެއްހާ ދުރުން އެމީހާ ފެނިގެން އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށާއި ގެންދިޔަ އިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް ސިއްހީމަރުކަޒާ ހަވާލާދީ ފުލުހުން ބުންޏެވެ.

އެހާދިސާއާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެންދެމުމަށާއި އެނޫން ވެސް ބޭނުންތަކަށް ފީނަން ފައިބާ މީހުން ގެއްލުމާއި މަރުވުމުގެ ގިނަ ހާދިސާތަކެއް ރާއްޖޭގައި ކޮންމެ އަހަރަކު ވެސް ހިނގަ އެވެ.

 

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *