logo minivan

English

ހޯމަ, 09 ޑިސެމްބަރ 2024

ވެމްކޯއިން އޭދަފުށީ ކުނިގޮނޑު ސާފު ކޮށްލައިފި، 1200 ޓަނުގެ ކުނި ނެގި!

ބ. އޭދަފުށީގެ ގޮނޑަށް އެތައް ދުވަހެއްގެ މަތިން ޖަމާވެފަ ހުރި ކުނިތައް ވެމްކޯ އިން ނަގައިފި އެވެ.

ވެމްކޯއިން ބުނީ ބ. އޭދަފުށީ ގެ ގޮނޑު ސާފުކޮށް 1200 ޓަނުގެ ކުނި ނެގީ އެރަށުގެ ކައުނޮސިލާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ކަމަށެވެ.

މި ކުނިގޮނޑު ސާފުކުރުމަށް 7 ދުވަސް ހޭދަވިކަމަށް ވެމްކޯއިން ބުނެއެވެ.

ރަށް ރަށުގެ ގޮނޑުދޮށުގައި ހުންނަ ކުނިތައް ތިލަފުށި ނުވަތަ އެހެން ތަންތަނަށް ބޭރު ކުރުމަކީ ކައުންސިލްތަކަށް ކުރެނޭނެ ކަމެއް ނޫނެވެ. ސަބަބަކީ އެފަދަ ވަސީލަތްތައް ކައުންސިލްތަކުގައި ނެތުމެވެ.

ރަށްރަށުގައި ހުންނަ ކުނި މީގެކުރިން ރަށުން ބޭރުކޮށްދޭނެ ގޮތެއް ނެތުމާ ގުޅިގެން ވެމްކޯ އިން ވަނީ މިހާރު އެގޮތަށް ހުންނަ ކުނިގޮނޑުތައް އެރަށުގެ ކައުންސިލްތަކާ ގުޅިގެން ސާފުކުރަން ފަށާފަ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *