logo minivan

English

އާދިއްތަ, 03 ނޮވެމްބަރ 2024
ބްރިޖްމަތީ ހިނގި އެކްސިޑެންޓްގައި ކާރެއް ފުރޮޅާލާފައި. ފޮޓޯ: މޫސާ އިބްރާހީމް/މިނިވަން

ސިނަމާލެ ބްރިޖް މަތީ ހިނގި އެކްސިޑެންޓެއްގައި ކާރެއް ފުރޮޅާލައިފި

ސިނަމާލެ ބްރިޖު ހުޅުލެއަށް ނިމޭ ހިސާބުގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކާރެއް ފުރޮޅާލައިފި އެވެ.

އެ ސަރަހައްދުގައި މިވަގުތު ހުރި "މިނިވަން"ގެ ނޫސްވެރިޔާ ބުނި ގޮތުގައި ކާރު ފުރޮޅައިލީ ބްރިޖްގެ އަރިމަތީގައި ޖަހާފައިވާ ދަނގަޑު ޗެންޗޭނުގައި ކަމަށާއި އެ ކާރުގައި ތބި މީހުން މިހާރު ނަގައިގެން ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ބްރިޖްމަތިން ދުއްވާފައި ދިޔަ ކާރެއް ފުރޮޅައިލާފައިވާ ކަމަށް 2:47 އެހާކަށް ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އެ އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. އެކްސިޑެންޓްވި އިރު އެ ކާރުގައި ތިވީ ދިވެހި ދެ ފިރިހެނުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *