logo minivan

English

އަންގާރަ, 10 ޑިސެމްބަރ 2024

މަރެއްގެ ތަހުގީގަށް ނިޒާމު ދެމަހަށް ބަންދުކޮށްފި

ތެޔޮ ބޯޓެއްގައި ގެއްލުނު ކަމަށް ރިޕޯޓްކޮށްފައި ވަނިކޮށް މާލެއިން ފެނިގެން، މަރެއްގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ތަހުގީގަށްގދ. ތިނަދޫ / މަނާރު، މުހައްމަދު ނިޒާމް (45)، ދެމަސް ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހު ނިޒާމާއި އެކު ބިދޭސީއަކު ތެޔޮ ބޯޓެއްގައި ދަތުރުކުރަމުން ދަނިކޮށް އެ މީހުންގެ ހަބަރެއް ނުވެގެން ހޯދުމަށް ފުލުހުން އިއުލާނު ކުރި އެވެ. އޭރު ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނިކޮށް މިދިޔަ މަހުގެ 29 ވަނަ ދުވަހު ފެނުނު އެ ތެތޮ ބޯޓުން އެދެމީހުން ފެންނަން ނެތް ކަމަށެވެ.

މާލެ މަގެއްގެ މަތިން ފެނިގެން އިއްޔެ ނިޒާމް ހައްޔަރު ކޮށްފައިވާއިރު، ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކުރިއަށް ދިޔަ އަޑުއެހުން ގެންދިޔައީ ސިއްރުންނެވެ. ބެލެވޭ ގޮތުގައި މިއަދުގެ އަޑުއެހުން ސިއްރުން ކުރިއަށް ގެންދިޔައީ ތަހުގީގުގެ ކުރީކޮޅު ކަމަށް ވުމުންނެވެ. ނުވަތަ ހުޅުވާލައިގެން ކުރިއަށް ގެންދާ އަޑުއެހުމެއްގެ ސަބަބުން އާންމުވާ މައުލޫމާތަކާއި އެކު ތަހުގީގަށް އަސަރު ފޯރަފާނެ ކަމުގެ އިހުތިމާލު އޮތުމުނެވެ.

އެހެންވެ އެ އަމުރު އަދި ކްރިމިނަލް ކޯޓު ވެބްސައިޓުގައި ވެސް އާންމު ކޮށްފައި ނުވެއެވެ.

ފުލުހުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އޭނާ ހައްޔަރު ކުރީ މަރުގެ މައްސަލައެއްގައި ކަން އެނގިފައި ވީނަމަވެސް، އެއީ ކާކުގެ މަރެއް ކަމެއް ނޭނގެއެވެ. އަދި ކުރެވޭ ތުހުމަތެއްވެސް ސާފުވެފައި ނުވެއެވެ. ބިދޭސީ މީހާ މިހާތަނަށް ފެނިފައި ނުވާއިރު، ބޮޑަށް ބެލެވެނީ ނިޒާމަށް ތުހުމަތު ކުރަނީ ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ މީހާ މަރައިލިކަމުގެ ތުހުމަތު ކަމަށެވެ.  އެހެން ނަމަވެސް އެކަން ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް ކަށަވަރު ކޮށްދީފަ ނުވެއެވެ.

 

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *