logo minivan

English

ހޮނިހިރު, 27 ޖުލައި 2024
އިދިކޮޅު ފަރާތްތަކުން ބޭއްވި ހަރަކާތުގައި އަދުރޭ އަޑު އުފުލަނީ: ފޮޓޯ/: ޕީޕީއެމް

ވައްކަމުގެ މައްސަލައެއް ސާބިތުވެ އަރުވާލި ބޭފުޅަކު ރައީސް ސޯލިހަށް ވަގަށް ގޮވައިފި

ވައްކަމުގެ މައްސަލައެއް ސާބިތުވެ އަރުވާލާފައިވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތަށިފުޅުގައި "ވަގު" އިލްޒާމް އަޅުވައި ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި، އިދިކޮޅު ފަރާތްތަކުން އާޓިފިޝަލް ބީޗުގައި ކުރިއަށްގެންދިޔަ އެއްވުމުގައި ވާހަކަދައްކަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީނަށް ހުކުމް ކުރީ ރައީސް ސޯލިހު ޝަރީއަތަށް އަތް ބާނައިގެން ކަމަށެވެ. އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ "ވަގެއް" ކަމަށް ކަނޑައަޅުއްވާ ކަމަށް ވިދާޅުވެފައެވެ. އަދުރޭ ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު، ދަޢުލަތުގެ ހަޒާނާގައި ބެހެއްޓި 900 މިލިއަން ޑޮލަރު، މި ސަރުކާރުން ފެންފޮދަކާ ނުލައި ދިރުވާލައިފައިވާ ކަމަށެވެ.

"މި ކަނޑައަޅަނީ، ރައީސް ސޯލިހަކީ ވަގެއް ކަމަށް. އޭނާއާ އެކީ ވިކިފައި ތިބި ޣައްދާރުންނަކީ ވަގުން ކަމަށް މި ކަނޑައެޅީ." އަދުރޭ ވިދާޅުވިއެވެ.

ރައިސް ސޯލިހަކީ ވަގެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއިރު އަބްދުއްރަހީމްގެ މައްޗަށް ވަނީ ވައްކަމުގެ މައްސަލައެއް ސާބިތުވެ އަރުވާވެސް ލާފައެވެ. ރައީސް މައުމޫންގެ ވެރިކަމުގައި އަބްދުއްރަހީމް އަރުވާލީ އޭނާ އެސްޓީއޯގެ ވަޒީފާގައި އުޅުނު އިރު އެތަނުން ޓިނުތަކެއް ވަގަށް ނަގައިގެންނެވެ. ނަމަވެސް ރައީސް ސޯލިހުގެ މައްޗަށް މިފަދަ ކަމެއް އަދި ސާބިތެއް ނުވެއެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *