logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ފުލުހުންގެ ވަޒީފާއަށް ވަންނަން ހުޅުވައިލި ފުރުސަތު މިމަހު 15 އަށް ހަމަވަނީ

ފުލުހުންގެ ވަޒީފާއަށް މީހުން ނަގަން މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ކުރި އިއުލާނުގެ މުހުލަތު މިމަހުގެ 15 އަށް ހަމަވާތީ ފުލުހުންގެ އިދާރާއިން އެކަން މިއަދު ހަނދާންކޮށްދީފި އެވެ.

ފުލުހުންގެ ވަޒީފާ ފަށާ (ކޮންސްޓަބަލް ރޭންކް) ގައި ދިވެހި ފުލުހުންގެ ހިދުމަތާ ގުޅޭނެ ފަރާތްތައް ހޯދަން ޑިސެމްބަރު 28 ގައި ކުރި އިއުލާނު އާއްމުންނަށް ހަނދާންކޮށްދިނުމުގެ ގޮތުން ފުލުހުންގެ އިދާރާގެ ޓްވިޓާ ހޭންޑުލް އިން މިއަދު ކުރީ އެ އިއުލާނުގެ ލިންކް ހިމެނޭ ޓްވީޓެކެވެ.

އެއިއުލާނުގައިވާ ގޮތުން ފުލުހުންގެ ވަޒީފާއަށް ވަންނަން މިފަހަރު ހުޅުވައިލި ފުރުސަތުގެ މުއްދަދު ހަމަވާނީ  މިމަހުގެ 15 ވަނަ ދުވަހު އެވެ. ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އެސް.އެސް.ސީ އިމްތިހާން ނުވަތަ ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނުން މަދުވެގެން 3 މާއްދާއިން ދަތްވެގެން "ސީ" ފާސް ހާސިލް ކޮށްފައިވުން ނުވަތަ އެއާ އެއްފެންވަރުގެ ސަނަދެއް ހާސިލް ކޮށްފައިވުން ހިމެނެއެވެ.

ފުލުހުންގެ ވަޒީފާއަށް މީހުން ނެގުމުގައި ތައުލީމީ ޝަތުރުތަކުގެ އިތުރުން، ޖިސްމާނީ ގޮތުން ހުންނަން ޖެހޭ ޝަތުރުތަކެއް ވެސް ހުރެ އެވެ. އެ ޝަރުތުތަކުގެ ތެރޭގައި ފިރިހެނެން ނަމަ އިސްކޮޅުން ފަސް ފޫޓް ތިން އިންޗި ހުރުމާއި، އަންހެނެއް ނަމަ އިސްކޮޅުގައި ފަސްފޫޓު ހަމަވުން ހިމެނެ އެވެ.

ފުލުހުންގެ ކޮންސްޓަބަލަކަށް، މުސާރަޔާއި އިނާޔަތްތަކާއި އެކު މަހަކު ޖުމްލަ 11،810ރ. ލިބޭނެ އެވެ.  އެއީ އަސާސީ މުސާރައިގެ ގޮތުގައިދޭ  4،650ރ. އާއި ސާވިސް އެލެވެންސް ގެގޮތުގައި ދޭ 5،000ރ. އާއި ނޮން-ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި ދޭ، 1،860.ރ އާއި ޔުނީފޯމް އެލެވެންސްގެ ގޮތުގައި ދޭ 300ރ. އެވެ.

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރާއި 39 އަހަރާ ދެމެދުގެ މީހުންނަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *