logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ކަނޑުން ފެނުނު ހަށިގަނޑުގެ ޑީއެންއޭ ހަދަން ނިންމައިފި

ވ. ވެމްޕަރު ފަޅުން ފެނުނު ހަށިގަނޑަކީ ކާކުކަން ދެނެގަތުމަށް ޑީއެންއޭ އެނަލިސިސް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ފެނުނު ހަށިގަނޑަކީ ކާކުކަން ދެނެގަތުމަށް އެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުމުގެ މަަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް ހަށިގަނޑު ފޮނުވޭނެ ސީދާ ދުވަހެއް އަދި ނޭންގޭ ކަމަށެވެ.

ވ. އަތޮޅުން ފެނުނީ ކާކުގެ ހަށިގަނޑެއްކަން މިހާތަނަށް ދެނެގަނެވިފައި ނުވާއިރު، ނިމިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ވިލިމާލެ އިން ތެޔޮ ބޯޓެއްގައި ފުރި ދެމީހުންގެ ތެރެއިން ބިދޭސީ މީހާ ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ވެސް ފުލުހުން ދަނީ ކުރަމުންނެވެ. އަދި އެ ބޯޓުން ދަތުރު ކުރި ދިވެހި މީހާ ވަނީ މަރެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *