logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ރިޔާސީ އިންތިހާބު ބާއްވާނެ ތާރީހު އިއުލާންކުރުން މިމަހު 15 ވަނަ ދުވަހު!

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބު ބާއްވާނެ ތާރީހު މިމަހުގެ 15 ވަނަ ދުވަހު އިއުލާންކުރައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އީސީގެ ރައީސް ފުވާދު ތައުފީގު ވިދާޅުވީ، އިންތިހާބު އޮންނާނެ ތާރީހު ފައިނަލް ކޮށް މިމަހުގެ 15 ވަނަ ދުވަހު ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ. މިހާރު މަޝްވަރާތައް ކުރެވި އިންތިހާބުގެ ފުރަތަމަ ބުރު ބާއްވާނެ ތާރީހެއްގެ ގޮތުގައި ކަނޑައަޅަން ނިންމާފައިވަނީ ސެޕްޓެމްބަރު ދެވަނަ ދުވަސް، ނުވަތަ ސެޕްޓެމްބަރު ނުވަ ވަނަ ދުވަސް ކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް އިއުލާންކޮށް ކެމްޕެއިން ކުރައްވަމުން ގެންދަވަނީ ކުރީގެ ރައީސް ޔާމީނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ގެންދަވަނީ އެމްޑީޕީގެ ރިޔާސީ ޓެކެޓް ހޯއްދެވުމަށް ކުރަކޮށް މަސައްކަތް ކުރައްވަމުންނެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ޔަޤީންވާނީ މިމަހުގެ ފަހުކޮޅު އޮންނަ އެމްޑީޕީގެ ޕްރައިމަރީއަށްފަހުގައެވެ. މަނީ ލޯންޑަރިންއާއި ރިޝްވަތު ހިފިކަން ސާބިތުވެ 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާ ކުރީގެ ރައީސް ޔާމީންއަށް ޓިކެޓް ލިބިފައިވަނީ ޕަރައިމަރީއަކާ ނުލައި އެ ޕާޓީގެ ސެނެޓުން ފާސްކޮއްގެންނެވެ. ނަމަވެސް އެމަނިކުފާނު ޖަލު ހުކުމް ތަންޒީފު ކުރައްވަމުން ގެންދަނާ ނަމަ ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެއެވެ.

ރިޔާސީ އިންތިހާބަށް ވާދަކުރައްވާނެކަމަށް އަޑުފެތުރިފައިވާ އަނެއް ފަރާޔަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. ނަމަވެސް މިކަން ގާސިމް އަދި އިއުލާނެއް ނުކުރައްވައެވެ. ގާސިމްގެ ގާތް މީހަކު މައުލޫމާތު ދިން ގޮތުގައި ގާސިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ ރައީސް ސޯލިހަށް އެމްޑީީޕީގެ ރިޔާސީ ޓިކެޓް ނުލިބި އަދި ރައީސް ޔާމީން ފިޔަވާ އެހެން ކެންޑިޑޭޓެއް ޕީޕީއެމުން ނުނެރޭނެ ފަދަ ހާލަތެއްގައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *