މާލޭގައި ހިންގި މާރާމާރީގައި ބޭބެގެ ގަޔަށް ވަޅި ޖެހީ 25 އަހަރުގެ އަންހެން ކޮއްކޮގެ ބަންދުން ދޫކޮއްލައިފިއެވެ.
ފުލުހުން ބުނީ އޭނާ ބަންދުން ދޫކޮއްލީ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ ކަމަށެވެ. މި މައްސަލައި އަންހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދިނީ ޑިސެމްބަރ 22 ވަނަ ދުވަހު އެވެ.
އޭނާ ހައްޔަރުކޮށް މަސްތުވާތަކެއްޗަށް ޓެސްޓް ކުރިއިރު މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފައެވެ. އޭނާ ވަޅި ހަރާ ޒަހަމްކޮއްލީ އޭނާގެ އެއްބަނޑު އެއްބަފާ 37 އަހަރުގެ ބޭބެއެވެ. ވަޅި ހެރުމުން ލިބުނު ޒަހަމްތަކަށް އޭނާއަށް ވަނީ ހޮސްޕިޓަލްގައި ފަރުވާދީފައެވެ. ނަމަވެސް އަނިޔާގެ ތަފްސީލެއް ނުލިބެއެވެ.