logo minivan

English

ހޮނިހިރު, 27 ޖުލައި 2024

އިނގިރޭސި ޕްރިމިއާ ލީގު: މެންޗެސްޓަރސިޓީ އަތުން ބަލިވެ ޗެލްސީ 10 ވަނައަށް ވެއްޓިއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާ މެމްޗެސްޓަރސިޓީ ބައްދަލުކުރިމެޗް މެންޗެސްޓަރ ސިޓީން ކާމިޔާބުކޮއްފިއެވެ.

ޗެލްސީ ދަނޑުގައި ކުޅުނު މި މެޗް ސިޓީން ކާބިޔާބުކުރީ 1-0 ލަނޑުން ނެވެ. މެޗްގެ ހަމައެކަނި ގޯލް 63 ވަނަމިނެޓްގައި ސިޓީއަށް ކާމިޔާބުކޮއްދިނީ ބަދަލުކުޅުންތެރިއެެއްގެ ގޮތުގައި ކުޅެންއެރި އަލްޖީރީއާގެ ރިއާދު މަހުރޭޒެވެ. މިއީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޖެކް ގްރީލިޝްގެ ރީތި ޕާހަކުން މަހުރޭޒް ޖެހި ލަނޑެކެވެ. މިމެޗްގެ ފުރަތަމަ ހާފުގައި ޗެލްސީގެ 2 ކުޅުންތެރިން ކަމަށްވާ ރަހީމް ސްޓާލިންއާއި ކްރިސްޓިއަން ޕްލިސިޗަށް އަނިޔާވެގެން ވަނީ ބަދަލުކޮއްފައެވެ.

މިމެޗުން ބަލިވުމުން ޗެލްސީވަނީ 10 ވަނައަށް ވެއްޓިފައެވެ. މި މޮޅާއެކު ސިޓީން ވަނީ 2 ވަނައިގައި ހަމަޖެހިލާފައެވެ. އަދި 1 ވަނައިގައި އޮތް އާސެނަލްއާ 5 ޕޮއިންޓަށް ގާތްކޮއްފައެވެ. ޕްރިމިއާލީގުގެ ތާވަލަށް ބަލާއިރު 44 ޕޮއިންޓާާއެކު 1 ވަނައިގައި އުޅެނީ އާސެނަލްއެވެ. 39 ޕޮއިންޓާއެކު 2 ވަނައިގައި ސިޓީ އުޅޭއިރު 35 ޕޮއިންޓާއެކު 3 ވަނައިގައި އޮތީ ނިއުކާސްޓަލް ޔުނައިޓެޑެވެ. މެންޗެސްޓަރ ޔުނައިޓެޑްވެސް ވަނީ މިއަދަށް ޕޮއިންޓް ހޯދާފައެވެ. ނަމަވެސް އެޓީމު 4 ވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. މި މެޗުން ބަލިވި ޗެލްސީއަށް ލިބިފައިވަނީ 25 ޕޮއިންޓެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *