logo minivan

English

ހޮނިހިރު, 27 ޖުލައި 2024

މާ ބޮޑަށް "ރިއެކްޓް" ކުރީމަ ވެއްޓެނީ ވެެރިކަން: ހިސާން

މާ ބޮޑަށް ރިއެކްޓް ކުރީމަ ވެރިކަން ވެއްޓޭ ކަމަށް ވިދާޅުވެ މެންބަރު ހިސާން ހުސެއިން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައްދުދެއްވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން ނ. ވެލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ މާ ބޮޑަށް ރިއެކްޓް ކުރުމުން ބައެއް ފަހަރު ރިޔާސީ ދައުރެއްގައި ތިން ނައިބު ރައީސުން އައްޔަން ކުރަން ޖެހޭ ކަމަށާއި ބައެއް ފަހަރު ވެރިކަން ވެއްޓިގެންދާ ކަމަށެވެ. ހިސާން އެ އިޝާރާތް ރައީސް ޔާމީނަށާއި ރައީސް ނަޝީދަށެވެ. ރައީސް ނަޝީދުގެ ކެމްޕެއިންގައި ރައީސް ސޯލިހު "ރިއެކްޓް" ނުކުރައްވާ ކަމަށް ވިދާޅުވެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ފެކްޝަނުން ގެންދަވަނީ ރައީސް ސޯލިހަށް މަލާމާތް ކުރައްވަމުންނެވެ.

 

ހިސާން ވިދާޅުވީ އެމްޑީޕީއާއެކު ކުރިއަށްދެވޭނެ ކެނޑިޑޭޓަކީ ރައީސް ސޯލިހު ކަމަށެވެ.

ޖޭއެސްސީގެ ރައީސްކަން ކުރައްވާ ހިސާން އަކީ ރައީސް ނަޝީދާ ގާތް ގުޅުމެއް އޮތް ފަރާތެކެވެ. ރައީސް ނަޝީދުގެ ލޯޔަރެއްގެ ހައިސިއްޔަތުންވެސް ހިސާން ވަނީ އެތައް މަސައްކަތެއް ކުރައްވާފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *