logo minivan

English

ހޯމަ, 09 ޑިސެމްބަރ 2024
މާލެއިން އިއްޔެ އަތުލައިގަތް ޑްރަގްސް. ފޮޓޯ: ފުލުހުންގެ އިދާރާ

މާލެއިން އަނެއްކާ ވެސް ގިނަ އަަދަދެއްގެ ޑްރަގް ހޯދައި 4 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަފާރި ހުއްޓުވަން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ތަންތަނާއި ހުޅުމާލޭގެ ތަންތަން ހިމެނޭ ގޮތުން ހަތަރު ތަނެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ، ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ކަމިޝަނަރް އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި ފުލުހުން އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި އަތުލައިގަތީ 11.26 ކިލޯގެ ކެނަބިސް އެވެ. އޭނާ ވިދާޅުވީ ފުލުހުން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މަސްތުވާތަކެތި ބޭނުންކުރުމާއި އެތަކެތީގެ ވިޔަފާރިކުރުން ހުއްޓުވަން ހިންގާ އޮޕަރޭޝަންތައް ފަހަކަށް އައިސް ފުލުހުން ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. އެގޮތުން މިދިޔަ ޑިސެމްބަރުމަހުގެ ފަހުކޮޅު މާލެ ސަރަހައްދުގައި ހިންގި އޮޕަރޭޝަނެއްގައި 6.8 ކިލޯގެ މަަސްތުވާތަކެތި އަތުލައިގަނެ، 17 މީހަކު ހައްޔަރުކުރި އެވެ. އެފަހަރުގެ އޮޕަރޭޝަނުގައި މާލޭގެ ތަންތަނާއި ހުޅުމާލޭގެ ތަންތަން ހިމެނޭ ގޮތުން ޖުމްލަ 10 ތަނެއް ބަލައި ފާސްކުރި އެވެ،.

މިދިޔަ ނޮވެމްބަރު މަހުވެސް ފުލުހުން މާލޭގައި ބޮޑެތި އޮޕަރޭޝަންތަކެއް ހިންގައި، ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތެވެ.  އެފަހަރު 13.56 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، ދެމީހަކު ހައްޔަރުކުރި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *