logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ނީލަންފިހާރައިގައި ރޯވިއަލިފާން ނިއްވައިލަން ފަޔަމަނުން މަސައްކަތްކުރަނީ. އަލިފާނުގެ ހާދިސާތަކާ ގުޅޭ ބޮޑު ތަހުގީގެއް ފުލުހން މިހާރު ވަނީ ފަށާފައި. ފޮޓޯ:އެމްއެންޑީއެފް

އަލިފާނުގެ ހާދިސާތަކާ ގުޅޭ ބޮޑު ތަހުގީގެއް ފުލުހުން ފަށައިފި

ގާތްގާތުގައި މާލެއާއި އެހެން ބައެއް ރަށްތަކުގައި ފަހަކަށް އައިސް ހިނގި އަލިފާނުގެ ހާދިސާތަކާ ގުޅޭ ބޮޑު ތަހުގީގެއް ފުލުހުން ފަށައިފި އެވެ.

މާލޭ ނީލަން ފިހާރަ މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި އަނދައި ހުލިވި އިރު، ގދ. ފިޔޯރީ ސްކޫލްގެ ބާ އިމާރާތް އިއްޔެ ހިނގި އަލިފާނުގެ ހާދިސާއެއްގައި ވަނީ އަނދައި ހުލިވެފަ އެވެ. އޭގެ ކުރީ ދުވަހު (ހޮނިހިރު ދުވަހު) ރ. އަލިފުށީ ގޮނޑުގައި ހުރި ފައިބަރުތަކެއްގައި ރޯވެ، އަލިފާނުގެ ބޮޑު ހާދިސާއެއް އެރަށުގައި ވެސް ހިނގި އެވެ.

ކަމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެއާއި އަތޮޅުތަކުގައި ފަހަކަށް އައިސް ހިނގާފައިވާ އަލިފާނުގެ ހާދިސާތަކާ ގުޅޭ ބޮޑު ތަހުގީގެއް މިހާރު ފަށާފައިވާ ކަމަށާއި އެކަމަށް އެއްބާރުލުންދޭން ފުލުހުން އެދޭ ކަމަށެވެ.

މާލޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ނީލަން ފިހާރައާއި އެތަނާ ޖެހިގެން ހުރި އެކޮމޮޑޭޝަން ބްލޮކެއް ވަނީ އަނދައި ހުލިވެފަ އެވެ. ރޭ ފަތިހު 5:49 އެހާކަށް ހާއިރު ރޯވި އެ އަލިފާންގަނޑު ނިއްވައިލަން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ ފަޔަމަނުންނާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ފަޔަމަނުން ކުރި މަސައްކަތުން އެ އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވައިލެވުނީ ހެނދުނު 9:00 އެހާކަށް ހާއިރު އެވެ،

ފިޔޯރީގައި އިއްޔެ ހިނގި ހާދިސާގައި އެރަށު ސްކޫލްގެ އިމާރާތްތަކެއް ވަނީ އަނދައި ހުލިވެފަ އެވެ.

އަލިފާނުގެ ހާދިސާތަކާ ގުޅޭ ބޮޑު ތަހުގީގެއް ފުލުހުން ފެށި ނަމަވެސް ، އެ ހާދިސާތަކަކީ ބަޔަކު ގަސްދުގައި ކުރި ކަމަކުން ހިނގި ހާދިސާތަކެއް ކަމަށް ފުލުހުން ތުހުމަތުކުރާ ކަމަކަށް ނުވަތަ ނޫންކަމަކަށް ވެސް އަދި ނުބުނެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *