logo minivan

English

ބުދަ, 09 އޮކްޓޯބަރ 2024

ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަނީ

ދ. ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާން ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައިވާ ގޮތުން ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓްގެ މަސައްކަތް ބަޔަކާ ހަވާލުކުރަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. ޕްލޭނިން މިނިސްޓްރީގެ ބޭނުމަށް ކުރި އެ އިއުލާނުގައިވާ ގޮތުން ، އެ މަސައްކަތުގެ ބީލަމުގައި ބައިވެރިވާ ފަރާތްތަކުން 500ރ ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ.

އެ ޕްރޮގެކްޓުގެ ބިޑްސެކިއުޓީގެ ގޮތުގައި ދައްކަން ޖެހޭނީ 260،000ރ އެވެ. ބިޑް ސެކުރިޓީ ދައްކަން ޖެހޭނީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހުގެ ތެރޭގައި ކަމަށާއިވ ބިޑްތައް ހުޅުވުން އޮނާނީ 14 ފެބްރުއަރީ ވާ އަންގާރަ ދުވަހުގެ 13:00 ގައިކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.

އާބާދީގައި 3000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ކުޑަހުވަދޫގައި ހައުސިން ޔުނިޓުތައް އަޅަން، ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި 9.2 މިލިއަން ރުފިޔާ ޖަހާފައި އެބަ އޮތެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުން ކުރިއަށް ގެންދާ ސިޔާސަތުގެ ދަށުން މާލޭ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހައުސިން ޔުނިޓްތައް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *