logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ކްރިމިނަލް ކޯޓަށް ދެ ފަނޑިޔާރުން ހޯދަން އިއުލާނުކޮށްފި

ކްރިމިނަލް ކޯޓަށް ދެ ފަންޑިޔާރުން ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އިއުލާނުކޮށްފި އެވެ.

ޖޭއެސްސީ އިން މިއަދު ކުރި އިއުލާނުގައި ވާ ގޮތުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ މުހުލަތު ހަމަވާނީ މިމަހުގެ 24 ވަަނަ ދުވަހު އެވެ. އެ ދެމަގާމަށް ކުރިމަތިލުމަށް ޓަކައި ފޯމު ހުށަހެޅޭނީ ހަމަ އެކަނި އޮންލައިންކޮށް، އެ ޖޭއެސްސީގެ "ފަހިރެސް ޕޯޓަލް" މެދުވެރިކޮށެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރާއިގެ ގޮތުގައި 30،000ރ، އަދި ސާވިސް އެލެވަންސްގެ ގޮތުގައި 15،000ރ، އާއި ރިސްކް އެލެވަންސް އަށް 3،300 ރުފިޔާ ލިބޭނެ އެވެ. ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާގައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް އާއި ފޯނު އެލެވަންސް އޭގެ އިތުރުން ލިބޭނެ އެވެ.

އެ މަގާމުތަކަށް ކުރިމަތިލުމުގެ ތައުލީމީ ޝަރުތަކީ އިސްލާމީ ޝަރީއާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވައި ވުމެވެ.

ބައެއް ސަރުތުތައް:

  • މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން
  • ބުއްދިހަމައަށް ހުރި މީހަކު ކަމުގައިވުން
  • ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިހާބުކޮށްފައިވާ ނުވަތަ އައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން
  • ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން
  • އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  • ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަޚްލާގީ އަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ޙުކުމްކުރެވި އެ ޙުކުމް ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ތަންފީޛުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުން
  • އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައިވުން
  • ޖިނާއީ ކުށެއް ސާބިތުވެ ޙުކުމް ތަންފީޛު ކުރަމުންދާ މީހަކު ކަމުގައި ނުވުން

އަދި މީގެ އިތުރުން އުމުރުން 25 އަހަރު ފުރިފައިވާ މީހަކަށް ވުމާއި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ މީހެއްކަމަށް ވުމަކީ ވެސް ޝަރުތެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *