logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ދަރުބާރުގޭގައި ރޭ ބޭއްވި ބައްދަލުވުމަށް ދިޔަ ބައެއް މީހުންނާ ރައީސް ސަލާމްކުރައްވަނީ. އެމަނިކުފާނު ވިދާޅުވީ މިއަހަރު ދެބައިނުވަނީސް މާލޭގެ ރައްޔިތުންނަށް ގޯތި ދޭނެކަމަށް

މިއަހަރު ދެބައިނުވަނީސް މާލޭ ރައްޔިތުންނަށް ގޯތި ދޭނަން: ރައީސް

މާލޭގެ ރައްޔިތުންނަށް ގޯތި ދޭން ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް މިއަހަރުގެ މެދަކާ ހިސާބުގައި ގޯތި ކަނޑާފައި ދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭން ކުރެއްވުމަށް މާލާގެ ރައްޔިތުންނާ އެކު ދަރުބާރުގޭގައި ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މާލޭ ރައްޔިތުންނަށް ގޯތިދޭ ވާހައަކީ ވޯޓު ހޯއްދަވަން، ދައްކަވާ ވާހަކައެއް ނޫން ކަމަށާއި އެއީ އޮޅުވައިލުމެއް ވެސް ނޫން ކަމަށެވެ. މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމާއި ވޯޓާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވެސް އެމަނިކުފާނު  ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މިއަހަރުގެ މެދަށް އަންނަ އިރުގައި އަޅުގަނޑު އެވީ ވައުދާ އެއްގޮތަށް މާލޭގެ ރައްޔިތުންނަށް އަޅުގަނޑުމެން ގޯތި ކަނޑައިދޭނަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މާލޭ ރައްޔިތުނަށް ބޯހިޔާވަހިކަން ހޯދައިދޭން ސަރުކާރުން އަޅަމުން އަންނަ ފްލެޓްތަކަށް ވެސް މިއަހަރުގެ ތެރޭގައި މީހުން ވަންނަން ފަށާ ވަރު ސަރުކާރުން ކުރާނެ ކަމަށެވެ.

"ފްލެެޓްގެ ވާހަކަ ވެސް އެހެން ބޭފުޅަކު ދައްކަވާނެ ކަމެއް ނެތް. ގޯތީގެ ވާހަކަ ވެސް އެހެން ބޭފުޅަކު ދައްކަވާނެ ކަމެއް ނެތް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއަކީ އެއްވެސް ސަރުކާރަކުން ކުރިއަށް ނުގެންދާ ވަރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުކެވެ. އެމަނިކުފާނު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުން ހިންގާ ބޯހިޔާވަހިކަން ދިނުމުގެ މަޝްރޫއުގައި އަޅާ 8،000 އަށް ވުރެ ގިނަ ފްލެޓްގެ އަމަލީ މަސައްކަތް މިހާރުވެސް އަންނަނީ ހިނގަމުންނެވެ. އެ ފްލެޓްތަކާއި މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތި ތަކާ އެކު ސަރުކާރުން ދޫކުރާ ތަންތަނުގެ އަދަދު 16،000 އަށް އަރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *