logo minivan

English

ހޮނިހިރު, 27 ޖުލައި 2024

އަލަށް ވޯޓުލާ މީހުންގެ އަދަދު މިފަހަރު ވެސް ދަށަށް!

ރާއްޖޭގައި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އަލަށް 18 އަހަރުފި، ވޯޓުލުމުގެ ޝަރުތު ހަމަވި މީހުންނާ އަޅާ ބަލާއިރު، މިއަހަރު އަލަށް އެ ޝަރުތު ހަމަވާ މީހުންގެ އަދަދު މަދުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ރޭ ވިދާޅުވި ގޮތުގައި ވޯޓުލުމުގެ ހައްގު މިއަހަރު އަަލަށް ލިބޭނެ ކަމަށް ބެލެވެނީ 20،000 އާއި 22،000 އާ ދޭތެރޭގެ އަދަދެއްގެ މީހުންނަށް ކަމަށެވެ. އޭނާ އެވިދާޅުވި ދެ އަދަދުގެ ތެރެއިން މަތީ އަދަދު ކަމަށް ވާ 22،000 މީހުންނަށް އަލަށް ވޯޓުލުމުގެ ހައްގު ލިބިއްޖެ ނަމަ އެއީ 2018 ވަނަ އަހަރު އެ ހައްގު އަލަށް ލިބުނު މީހުންނަށް ވުރެ އަށް ޕަސެންޓް ދަށް އަދަދެކެވެ.

"މީގެ ކުރިއާ އަޅާ ބަލާއިރު ވިއްސަކަށް ބާވީހަކަށް ހާސް އިތުރު އަދަދެއްގެ މީހުން ވޯޓުލާނެ [މިފަހަރު]،" ފުއާދު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ، ރިޔާސީ ދައުރެއްގެ ތެރޭގައި ވޯޓުލުމުގެ ހައްގު އަލަށް ލިބޭ މީހުން އިތުރުވާ ރޭޓް 2013 ވަނަ އަހަރުން ފެށިގެން އަންނަނީ ދަށް ވަމުންނެވެ.

އެ ކޮމިޝަނުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ފެށިގެން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދެމެދު އަލަށް 18 އަހަރު ފުރި، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަލަށް ވޯޓުލުމުގެ ހައްގު ލިބުނު މީހުންގެ އަދަދަކީ 30،913 އެވެ. އެކަމަކު 2013 ވަނަ އަހަރުގެ އިންތިހާބުން ފެށިގެން 2018 ވަނަ އަހަރުގެ އިންތިހާބާ ދެމެދު އަލަށް 18 އަަހަރު ފުރުނު މީހުންގެ އަދަދަކީ 24،018 އެވެ. މިއީ 22.3 ޕަސެންޓްގެ ދަށް ވުމެކެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *