logo minivan

English

ހޮނިހިރު, 27 ޖުލައި 2024

އެންމެ އަގުބޮޑު، އެންމެ ފެންވަރު ރަނގަޅު ވޯޓު ކަރުދާސް ބޭނުންކުރާ ގައުމަކީ ރާއްޖެ: ފުއާދު

ދުނިޔޭގެ އެންމެ އަގުބޮޑު، އަދި އެންމެ ފެންވަރު ރަނގަޅު ވޯޓު ކަރުދާސް ބޭނުންކުރާ ގައުމަކީ ދިވެހިރާއްޖެ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީ "ފަލަސުރުހީ" ޕްރުގުރާމުގައި ފުއާދު ރޭ ވިދާޅުވީ 2008 ފެށިގެން މިހާތަނަށްވެސް އިލެކްޝަން ކޮމިޝަނުން ގެންދަނީ ވޯޓު ކަރުދާހުގެ ސެކިއުރިޓީ ފީޗާސް ވަރަށް ވަރުގަދަކޮށް ބަލަހައްޓަމުން ކަމަށެވެ. އެއީ ރައްޔިރުންނަށް އިތުރު ޔަގީން ކަމަކާ އިތުބާރު ހޯދައިދިނުމަށް ޓަކައި އިލެކްޝަނުން ކުރަމުން ގެންދާ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ދުނިޔޭގެ އެންމެ އަގުބޮޑު، އެންމެ ކޮލިޓީ ވޯޓުކަރުދާސް ބޭނުންކުރާ ގައުމަކީ ދިވެހިރާއްޖެ އިނގޭތޯ. " ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވި ގޮތުގައި އެހެން ބައެއް ގައުމުތަކުގެ އިލެކްޝަން ކޮމިޝަން ތަކުގެ އޮފިޝަލުންނަށް ރާއްޖޭގައި ބޭނުންކުރާ ވޯޓު ކަރުދާހުގެ ފެންވަރު އެގުމުން، އެބޭފުޅުންގެ ގައުމު ތަކުގައި މި ފެންވަރުގެ ވޯޓު ކަރުދާސް ބޭނުން ނުކުރާ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

ރާއްޖޭގައި ބޭނުންކުރާ ވޯޓު ކަރުދާހަކީ ޑުބްލިކޭޓް ނުކުރެވޭނެ ކަރުދާހެއްކަމަށާއި، ވޯޓު ކަރުދާސްތައް ހުންނާނީ، ކަރުދާސްތައް ޗާޕު ކުރަން ފަށާ ހިސާބުން ފެށިގެން ގޮސް ވޯޓޫ ލާނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރުމަހު އެވެ. އެ އިންތިހާބަށް އެކި ދާއިރާ ތަކުން ގާތްގަނޑަކަށް 8،000 އޮފިޝަލުން ބޭނުން ވާނެކަމަށައި އަދި މިހާރު އަންނަނީ އެ މަސައްކަތް ކުރަމުން ކަމަށް ވެސް ފުއާދު ރޭ ވިދާޅުވި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *