logo minivan

English

އާދިއްތަ, 13 އޮކްޓޯބަރ 2024

ގައުމީ އިނާމު ދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނަސް މިމަހުގެ 15 ވަނަ ދުވަހު ފުރުޞަތު ހުޅުވާލަނީ

ގައުމީ އިނާމު ދިނުމުގެ އުސޫލުތަކަށް ބައެއް ބަދަލު ގެނެސް، މިމަހުގެ 15 ވަނަ ދުވަހު އިމާނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ވަނީ ގައުމީ އިނާމު ދިނުމުގެ އުސޫލުތަކަށް ބައެއް ބަދަލުތައް ގެނެވިފައިވާ ކަމަށެވެ. އެގޮތުން ހިތްވަރު ދިނުމުގެ އިނާމަށް އުމުރުން 60 އަހަރު ފުރުމުން ނަން ހުށަނޭޅޭގޮތަށް އޮންނަ އޮތުން ބަދަލުކޮށް، އެފަރާތްރަކަށްވެސް ހިތްވަރުދިނުމުގެ އިނާމަށް ނަން ހުށައެޅޭގޮތަށް އުސޫލު ބަދަލު ކުރެވިފައިވާ ކަމަށެވެ. ހިތްވަރު ދިނުމުގެ އިނާމު ދެއްވާނީ، އެ ދާއިރާއެއްގައި މަދުވެގެން 7 އަހަރު ހިދުމަތް ކުރުމުންނެވެ. އަދި ކުންފުނި ޖަމުޢިއްޔާ ޖަމާޢަތެއް ނަމަ މަދުވެގެން 10 އަހަރު ހިދުމަތް ކުރުމުންނެވެ. ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތްތަކަށް މިހާރު އުޞޫލު އޮންނަ ގޮތުން ޝަރަފުވެރިކަމުގެ ގައުމީ އިނާމަށް ހުށަހެޅުމުގެ ފުރުޞަތު ނޯވެއެވެ. އެހެންކަމުން ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތްތަކަށްވެސް، ޚިދުމަތުގައި 35 ވެފައިވާނަމަ އެފަރާތްތަކަށް ގައުމީ އިނާމަށް ކުރިމަތި ލެވޭނެގޮތަށް އުސޫލް ވަނީ ބަދަލު ކޮށްފައެވެ.

ގައުމީ އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރެއަށް މިއަހަރު ވަނީ ދެ ދާއިރާއެއް އިތުރު ކޮށްފައެވެ. އެއީ ކަލިނަރީ އާޓްސްގެ ދާއިރާއާއި އިންޖިނިއަރިންގެ ދާއިރާއެވެ. މި އަހަރު ޤައުމީ އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ، މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *