logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ބްރޯޑްކާސްޓިން ކޮމިޝަނުގެގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން( ބްރޯޑްކޮމް)ގެ މެމްބަރުކަމަށް ކުރިމަތި ލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

ރައިސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ވާ ގޮތުން އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން މިމަހުގެ 22 ވަނަ ދުވަހު ނުވަތަ 23 ވަނަ ދުވަހު ރައީސް އޮފީހަށް ފޯމު ހުށަހަޅަން ޖެހޭނެ އެވެ.

ބްރޯޑްކޮމް އަށް މެމްބަރު ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ނަންތައް ރައީސް ފޮނުއްވާނީ ރައްޔިތުންގެ މަޖިލީހަށެވެ. މެމްބަރުކަމަށް ހަމަޖައްސާނީ ކޮން ބޭފުޅެއްކަން ކަނޑައަޅާނީ އެ ނަންތައް ދިރާސާކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުުގެ އަޣުލަބިއްޔަތުންނެވެ.

ބްރޯޑްކޮމްގެ މެމްބަރެއްގެ މަގާމު ހުސްވީ  އެކޮމިޝަނުގެ ނައިބުރައީސަކަށް ކުރިން ހުންނެވި އަހުމަދު ގައިސް މިދިޔަ އާދީއްތަ ދުވަހު މަގާމުން އިސްތިއުފާދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކުރާ ކެމްޕޭނުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަކީ ބްރޯޑްކާސްޓަރުންނަށް ލައިސަންސް ދޫކުރުމަށާއި ބްރޯޑްކާސްޓިން ދާއިރާ ރެގިއުލޭޓް ކުރަން ގާނޫނަކުން އުފައްދާފައި އޮންނަ މިނިވަން ކޮމިޝަނެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *