logo minivan

English

ހޯމަ, 02 ޑިސެމްބަރ 2024
ވޯލްޑް ބޭންކުގެ ދެކުނު އޭޝިއާ ސަރަޙައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ނައިބު ރައީސް، މާޓިން ރައިސަރ ދާދިފަހުން ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

މިސަރަހައްދުން މިއަހަރު އެންމެ ބާރަށް ކުރިއަރާނީ ރާއްޖޭގެ އިގުތިސާދު: ވޯލްޑްބޭންކް

ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން މިއަހަރު އެންމެ ބާރަށް ކުރިއަރާނީ ދިވެހިރާއްޖޭގެ އިގުތިސާދު ކަމަށް ވޯލްޑްބޭންކުން ލަފާކޮށްފި އެވެ.

ވޯލްޑްބޭންކުން އިއްޔެ ޝާއިއުކުރި "ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓް" ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ އިގުތިސާދު މިއަހަރު ކުރިއަރާނީ 8.2 ޕަސެންޓުންނެވެ. އެއީ ކުރިން ލަފާކުރި ވަރަށް ވުރެ ދަށް މިންވަރެއް ކަމަށާއި އެހެން ނަމަވެސް މި ސަރަހައްދުގައި އެންމެ ބާރަށް ކުރިއަރާ އިގުތިސާދުގެ ގޮތުގައި ރާއްޖޭގެ އިގުތިސާދު ދެމި އޮންނާނެ ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.

"ދިވެހިރާއްޖޭގައި 2023 ވަނަ އަހަރު އިގުތިސާދު މެދުމިނަކަށް، 8.2 ޕަސެންޓުން ކުރިއަރާނެ ކަމަށް ލަފާ ކުރެވެ އެވެ. މިއީ ކުރިން ލަފާކުރި ވަރަށް ވުރެ ދަށް މިންވަރެކެވެ. އެއީ ޕްރީ ޕެންޑެމިކް ބޫސްޓް ފަނޑުވަމުންދާތީ އެވެ. އެކަން އެހެން އޮތުމާއި އެކުގައި ވެސް މި ސަރަަހައްދުގައި އެންމެ ބާރަށް ކުރިއަރާ އިގުތިސާދުގެ ގޮތުގައި ދިވެހިރާއްޖޭގެ އިގުތިސާދު ދެމިއޮންނާނެ އެވެ،" ވޯލްޑް ބޭންކްގެ ރިޕޯޓުގައި ބުންޏެވެ.

ރާއްޖޭގެ އިގުތިސާދު އެގޮތުގައި ދެމި އޮންނާނީ ވޯލްޑްބޭންކުން ބުނި ގޮތުގައި ޓޫރިސްޓުން އަންނަ އަދަދު އިތުރުވުމާއި އިންފްރާސްޓްރަކްޗާއަށް ކުރާ އިންވެސްޓްމެންޓްތަކުގެ ސަބަބުންނެވެ.

އެ ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ ޖީޑީޕީ، ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރަށް އިއާދަވަމުން އަންނަނީ ކުރިން ލަފާކުރި ވަރަސް ވުރެ އަވަހަށެވެ. އެގޮތުން ރާއްޖޭގެ ޖީޑީޕީ މިއަހަރު 12 ޕަސެންޓުން އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އެ އިޕޯޓުގައި ބުންޏެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *