logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ ހަފުތާގައި ރ.އަލުށްޓަށް ވަޑައިގެންނެވުމުން އެރަށުން އެމަ ނިކުފާނަށް މަރުހަބާ ދަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

ރައީސްް އޮފީހުން ބުނީ ރައީސްގެ ކެމްޕޭނަށް ދައުލަތުން ހަރަދުނުކުރާ ކަމަށް!

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވާ ކެމްޕޭނުގައި ދައުލަތުގެ އެއްވެސް ވަސީލަތެއް ބޭނުން ނުކުރައްވާނެ ކަަމަށް ސަރުކާރުން މިއަސު ބުނެފި އެވެ.

ރ. އަތޮޅުގައި މިދިޔަ ހަފުތާގައި ރައީސް ކެމްޕޭން ކުރެއްވި އިރު އެ އަތޮޅުން ފުރަތަމަ ވަޑައިގެންނެވީ ރ. އަލިފުށްޓަށެވެ. އެހެން ނަމަވެސް ރައީސް އެރަށަށް ވަޑައިގަންނަވަނީ ރަސްމީ ދަތުރުފުޅެއްގައި ކަަމަށް ރައީސް އޮފީހުން އޭރު ބުންޏެވެ. އެ ދަތުރުފުޅާއި އެހެން ބައެއް ކަންތައްތަކާ ވެސް ގުޅުވައި ވާދަވެރިން ތުހުމަތުކުރާ ގޮތުގައި ރައީސް ގެންދަވަނީ ޕްރައިމަރީގެ ކެމްޕޭނަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރައްވަމުން ކަމަށެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިން ގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަަވާބުދެއްވަމުން އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ރައީސްގެ ކެމްޕޭން ދަތުރުތަކަކީ އެމަނިކުފާނުގެ ކެމްޕޭނުން ހަރަދުކުރައްވައިގެން ކުރައްވާ ދަތުރުފުޅުތަކެއް ކަމަށެވެ.

"މިހާރު އެ ކުރިއަށްދާ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭނުގައި ދައުލަތުގެ ވަސީލަތްތަކެއް ބޭނުމެއް ނުކުރާނެ. ރައީސުލް ޖުމްހޫރިއްޔާގެ ކެމްޕޭން ދަތުރުތަކަކީ ކެމްޕޭނުން ހަރަދުކުރައްވައިގެން ވަޑައިގަންނަވާ ދަތުރުފުޅުތައް. ރައީސުލް ޖުމްހޫރިއްޔާ އެންމެ ފަހުން ރ. އަތޮޅަށާއި ބ.އަތޮޅަށް އަދި އުތުރުގެ އަތޮޅުތަކަށް އެކުރެއްވި ދަތުރުުފުޅުތަކަކީ އެއީ ކެމްޕޭނުން ހަރަދުކުރައްވައިގެން ކުރެއްވި ދަތުރުފުޅުތަކެއް،" މިއުވާނު ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ ކެމްޕޭން ދަތުރުފުޅެއްގައި ވަޑައިގެންނެވި ޔަސް ރައީސުލް ޖުމްހޫރިއްޔާއަށް އޮންނަ ސެކިއުރިޓީ ދިނުމަށް ޓަކައި ސެކިއުރިޓީ ސްޓާފް އަދި ސަޕޯޓު ސްޓާފުން ވެސް އެ ދަތުރުފުޅުތަކުގައި ދާނެ ކަމަށެވެ.

"އެއީ ގާނޫނުން ވެސް މަނާކުރާ ކަމެއް ނޫން. އެނޫން އެހެން ގޮތަކަށް އެކަން ކުރެވެން ވެސް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.

ރައީސް ކުރައްވާ ދަތުރުފުޅުތަކުގައި އެމަނިކުފާނުގެ ސަޕޯޓް ސްޓާފުން ބައިވެރި ވިޔަސް، އެމަނިކުފާނުގެ ކެމްޕޭނުގައި އެ ސްޓާފުން ބައިވެރިނުވާނެ ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *