މިކަން އިއުލާނުކޮށްފައިވަނީ ބީއެމްއެލްއަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި ކްރޮސްރޯޑްގައި މިރޭ ބާއްވާ ހަފްލާގައެވެ. ކިޔަވާލޯނުގެ އިންޓަރެސްޓް ރޭޓް ކުޑަކޮށްފައިވަނީ %9 އިން %5 އަށެވެ.
ކިޔަވާ ލޯނުގެ އިންޓަރެސްޓް ރޭޓް ކުޑަކުރިކަން އިއުލާނު ކުރެއްވުމަށްފަހު އެ ބޭންކްގެ ޗެއާޕާސަން ޔޫޝައު ވިދާޅުވީ އެންމެ ބޮޑަށް ލިބޭ އެއް ޝަކުވާއަކީ ދަރިވަރުންނަށް ދޫކުރާ ލޯނުގެ އިންޓަރެސްޓް ރޭޓް ބޮޑުވުމުގެ ޝަަކުވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގަތް އެ ހަފްލާގައި ވާހަކަ ދައްކަވަމުން ޔޫޝައު ވިދާޅުވީ ކިޔަވާ ލޯނުގެ އިންޓަރެސްޓު ރޭޓަށް ބަދަލު ގެންނަން ނިންމީ ވަރަށް ގިނަ ބެލެނިވެރިންނާއި ކިޔަވާ ކުދިންގެ ފަރާތުން އެ ލޯނުގެ އިންޓަރެސްޓު ރޭޓު މުރާޖާ ކުރުމަށް އެދެމުން ދިޔުމުގެ ސަބަބުން ކަމަށެވެ.
މިރޭގެ ހަފްލާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކނބަލުން ވަޑައިގަންނަވަނީ ފޮޓޯ: ބީއެމްއެލް
ކިޔަވާލޯނުގެ އިންޓަރެސް ރޭޓް ދައްކުރުމުން މިހާރު %9 ގައި ނަގާފައިވާ ކިޔަވާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ވެސް %5 އަށް ކުޑަކުރެވޭނެެއެވެ.