logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ރަޝިޔާއިން ޔޫކްރެއިން ގައި ހިންގަމުންދާ ހަނގުރާމާއާ ދެކޮޅަށް ބޭއްވި މުޒާހަރާގެ ތެރެއިން މީހަކު ހައްޔަރަށް ގެންދަނީ

ހަނގުރާމައިގައި ބައިވެރިވާން ދެކޮޅު ހެދުމުން ރަޝިއާ ސިފައިންގެ މީހަކު ޖަލަށް

ޔޫކްރެއިންގައި ހަނގުރާމަ ކުރަން ދެކޮޅު ހެދުމުން އުމުރުން 24 އަހަރުގެ ރަޝިޔާގެ ސިފައިންގެ މީހަކު ފަސް އަހަރަށް ޖަލަށް ލާން ރަޝިއާގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

"ހާއްސަ އަސްކަރީ އޮޕަރޭޝަނެއްގައި ބައިވެރިވާން ބޭނުން ނުވާ" ސިފައިންގެ މީހާ 2022 ވަނަ އަހަރުގެ މެއި މަހު ޑިއުޓީއަށް ހާޒިރުނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މާސެލް ކަންޑަރޯވް ނަމަކަށް ކިޔާ އެ މީހާ ހޯދީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އޭގެ އިތުރުން އަސްކަރީ ޓްރައިބިއުނަލަކުން ބުނީ ކަންދަރޯވް ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކުރީ އެއް މަސް ދުވަސް ވަންދެން އަސްކަރީ ހިދުމަތުން ނުނިކުމެ ހުރުމުން ކަމަށެވެ.

ޔޫކްރެއިން ސިފައިންގެ އަތުން ހަނގުރާމައިގެ މައިދާނުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމުން ރަޝިޔާއިން ވަނީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ހަނގުރާމާގައި ބައިވެރިވާން އިތުރު ތިން ލައްކަ ފިރިހެނުން ބޭނުންވާކަން އިއުލާންކޮށްފައެވެ.

މި އިއުލާނާ ގުޅިގެން ގިނަ ބަޔަކު ވަނީ އަވަށްޓެރި ގައުމުތައް ކަމަށްވާ އަރުމޭނިއާ، ޖޯޖިއާ އަދި ކަޒަކިސްތާނަށް ހިޖުރަކޮށްފައެވެ. އެ އަމުރާ ދެކޮޅަށް އެ ގައުމުގެ އެކި ކަންކޮޅުތަކުގައި ރަޝިއާގެ ރައްޔިތުން ދަނީ އެއްވެ މުޒާހަރާކުރަމުންނެވެ. އެއްވި މީހުންގެ ތެރެއިން އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނަމުން ދަނީ މޮބިލައިޒްކޮށްފައިވާ ގިނަ ފިރިހެނުންނަށް ހަނގުރާމައިގެ މައިދާނުގެ އެއްވެސް ތަޖުރިބާއެއް ލިބިފައި ނުވާ ބައެއް ކަމަށެވެ.  ރަޝިއާގެ ރަސްމީ ނޫސް އޭޖެންސީ ޓަސް އިން ބުދަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި މޮސްކޯގެ އަސްކަރީ ޓްރައިބިއުނަލަކުން ވަނީ މާރާމާރީ ހިނގްި ކަމުގެ ކުށް ސާބިތުވެ، ސިފައިންގެ މީހަކު ފަސް އަހަރާއި ހަ މަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.

ޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުން މާރާމާރީ ހިންގީ މޮސްކޯއިން ބޭރުގައި ތަމްރީނު ކުރުމާ މެދު ސިފައިންގެ މީހާ ހިތްހަމަނުޖެހުން ފާޅުކޮށްގެން ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *