ސިޔާސީ ހިޔާލު ތަފާތުވުން ހުރި ނަމަވެސް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާ ޒާތީކޮށް ދިމާ ނުކުރުމަށް އެމްޑީޕީީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
އެމްޑީީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ރައީސް ނަޝީދު މިރޭ ކުރެއްވި މެސެޖެއްގައި ވަނީ، އެެއްވެސް ބޭފުޅަކު މިނިސްޓަރު ފަޔާއާއި އަދި ފަޔާ ފެމިލީއާ ޒާތީކޮށް ދިމާ ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ކުރިއަށް އޮތް އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރައްވާނީ އެމަނިކުފާނު ކަމަށް ރައީސް ނަޝީދުގެ މެސެޖުގައި ވިދާޅުވިއެވެ.
މީޑިއާގައި ވެސް، އެހެން ގޮތަކުންވެސް އަޅުގަނޑާ ދިމާ ކުރެވިދާނެ. ސިޔާސީ ޚިޔާލު ތަފާތުވުމުން މަގުމަތިން އަނބިދަރިންނާ ދިމާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެކަން އެހެން ނުކުރުމަށް ކެމްޕޭން ޓީމަށް އިލްތިމާސް ކުރެއްވީތީ ރައީސް @MohamedNasheed ޝުކުރު ދަންނަވަން pic.twitter.com/K9ngl2U2UV
— Fayyaz Ismail (@faya_i) January 13, 2023
ރައީސް ނަޝީދުގެ މެސެޖްގެ ސްކްރީން ޝޮޓަކާއެކު އެމްޑީޕީގެ ޗެއަރޕާސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒުު އިސްމާއީލް ކުރެއްވި ޓްވީޓުގައި ވަނީ، މަގުމަތިން އަނބިދަރިންނާ ދިމާކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫންކަމަށެވެ.
"އެކަން އެހެން ނުކުރުމަށް ކެމްޕެއިން ޓީމަށް އިލްތިމާސް ކުރެއްވީތީ ރައީސް ނަޝީދަށް ޝުކުރު ދަންނަވަން،" އެ ޓްވީޓުގައި ވެއެވެ.