logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކެމްޕޭން ދަތުރުފުޅެއްގައި ތ. ކިނބިދުއަށް ވަޑައިގެންނެވުމުން ސަޕޯޓަރުން އެމަނިކުފާނަށް މަރުހަބާދަންނަވަނީ. ނަޝީދުގެ ކެމްޕޭނަށް ޕީޕީއެމުން އެހީވާކަމަށް މެމްބަރަކު މިއަދު ތުހުމަތުކުރެއްވި.

ޕީޕީއެމުން ނަޝީދަށް ކެމްޕޭންކޮށްދޭކަމުގެ ތުހުމަތެއް!

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ ކެމްޕޭނަށް އިދިކޮޅު ޕީޕީއެމްގެ ލީޑަޝިޕުން އެހީތެރިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފު މިއަދު ތުހުމަތުކުރައްވައިފި އެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ޝަރީފު ތުހުމަތުކުރެއްވި ގޮތުގައި ޕީޕީއެމްގެ ލީޑަޝިޕުން ގެންދަނީ އެޕާޓީގެ ހަރަކާތްތެެރިން ނަޝީދުގެ ކެމްޕޭން އިވެންޓްތަކަށް ފޮނުވަމުންނެވެ. އެކަން އެގޮތަށް ކުރަނީ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ބަލިކޮށްލުމުގެ ރޭވުމެއްގެ ދަށުން ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

"ޕީޕީއެމްގެ އިސް ލީޑަޝިޕުން ޕީޕީއެމްކުދިން މުހައްމަދު ނަޝީދުގެ އިވެންޓްތަކަށް ފޮނުވައި، ކެމްޕޭން ކޮށްދެނީ އެމްޑީޕީ ރިޔާސީ އިންތިހާބުގައި ބަލިކޮށްލުމުގެ ރޭވުމުގެ ދަށުން. އެމްޑީޕީ މެމްބަރުން ސަމާލުވާން ޖެހޭ،" ޝަރީފި ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނާ ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ދެބޭފުޅުން ގެންދަވަނީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ. އެއާ އެކު އެ ދެބޭފުޅުންނަށް ތާއީދުކުރާ ފަރާތްތަކުން ވެސް އަންނަނީ އެކަމުގައި ބައިވެރިވަމުންނެވެ.

ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ތުހުމަތުކުރައްވާ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ނަމާއި ލޯގޯ ބޭނުންކޮށްގެން "މުޅިން އެހެން ޕާޓީއެއް" އުފެއްދުމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. އެމްޑީޕީއަކީީ ވަރައްބޮޑައްވެސްް ރައީސްނަސީދާާ ގުޅިލާމެހިފައިވާާ މެމްބަރުންތިބިޕާޓީއެއްކަންް މިހާރުު އިބޫއައްް ގަބޫލުކުރެވޭވަރައްް ނަސީދުު ހުސްއަތާނުކުމެކުރާމަސައްކަތުންް އެގޭނެެ އިބޫއައްް ތާއީދުނެތުމަކީީ ނަސީދުު ޒިންމާވާންޖެހޭނެކަމެއްނޫންް އިބޫއާއިއެކުތިބިމީހުންގެވެސްް ގިނަވޯޓްހޯދޭނެެ ދެންމޮޔަގޮވާނެކަމެއްނެތްް ތިފެންނަނީީ އަންނިގެެ ލަސްކަރުު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *