ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެވަޑައިގަނަވާތީ މާލޭގެ ބައެއް މަގުތައް ބަންދުވާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ކުރި އިއުލާނެއްގައި ބުނީ އަންނަ ހޯމަ ދުވަހު ކެމްބޯޑިއާގެ ބޮޑުވަޒީރު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ރަސްމީޔާތާ ގުޅުގެން މާލޭގެ ބައެއް ސަރަހައްދުތަކުގައި ޓްރެފިކަށް ބަންދުވާނެކަމަށާއި އަދި ބައެއް މަގުތަކުގައި ޕާކު ކުރުން މަނާވާނެކަމަށެވެ. އެގޮތުން ބަންދުކުރާނީ ބޮޑުތަކުރުފާނު މަގު ( މަސްމާރުކޭޓާ ހިސާބުން ފެށިގެން ކާނިވަލާ ހަމަައަށް) އަދި އަމީރު އަހުމަދު މަގުގެ ވަކި ސަރަހައްދެކެވެ.
2023 ޖަނަވަރީ 16 ވަނަ ދުވަހު ކެމްބޯޑިއާގެ ބޮޑުވަޒީރު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތާ ގުޅިގެން އިއްޒުއްދީން ފާލަމާއި ޖުމްހޫރީ މައިދާން އަދި ހޮޓެލް ޖެން ހިމެނޭ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމަށް ހަމަޖެހިފައިވާ ގޮތް pic.twitter.com/iuhA0ARWw3
— Maldives Police (@PoliceMv) January 14, 2023
ކެމްބޯޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ފަހުމުނާމާތައް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.