logo minivan

English

އަންގާރަ, 15 އޮކްޓޯބަރ 2024

ސުވާލު އުފެދުނު ގޯލާއެކު ޔުނައިޓެޑް މޮޅުވުގެ ފައިދާ އާސެނަލްއަށް

އިނގިރޭސި ޕްރެމިއަރ ލީގުގައި ވާދަވެރި މެންޗެސްޓަ  ސިޓިއާއި ވާދަކޮށް މެންޗެސްޓަރ ޔުނައިޓެޑް މޮޅުވެއްޖެއެވެ.

މެންޗެސްޓަރ ޑާބީގެ ނަމުން މަޝްހޫރުވެފައިވާ  ވާދަވެރި  މިމެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް  ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގައި ސިޓީން ކުޅުން ރަނގަޅުކޮށް ފުރަތަމަ، މެޗްގެ ލީޑު ނެގީވެސް  އެޓީމުންނެވެ.  މިލަނޑު  އެޓީމަށް  ކާމިޔާބުކޮށްދިނީ  ބަދަލު  ކުޅުންތެރިއެއްގެ  ގޮތުގައި  ނިކުތް  ޖެކް ގްރީލިޝް މެޗްގެ 60 ވަނަ މިނެޓްގައެވެ.

މި ލަނޑަށްފަހު ޔުނައިޓެޑުން ކުޅުން ރަނގަޅުކޮށް  ނަތީޖާ ހަމަހަމަ ކުރީ 78 ވަނަ މިނެޓްގައި އެޓީމުގެ  ކެޕްޓަން  ބްރޫނޯ  ފެނާންޑޭސްއެވެ. މިލަނޑު ފެނާންޑޭސް  ކާމިޔާބުކުރުމުގެ ކުރިން އޮފްސައިޑުގައި ހުރި ރަޝްފޯޑް  ބޯޅައަށް ހަރަކާތް ކުރުމުން ސިޓީގެ ކުޅުންތެރިން  ވަރަށްބޮޑަށް  މައްސަލަ ޖެއްސިއެވެ. ނަމަވެސް ރެފްރީވަނީ އެއީލަނޑަކަށް ނިންމާފައެވެ.

ޔުނައިޓެޑްގެ 2 ވަނަ ލަނޑު މެޗްގެ 80 ވަނަ މިނެޓްގައި  ކާމިޔާބު ކޮށްދިނީ މާކަސް ރަޝްފޑްއެވެ.

ލީގު ތާވަލުގެ ދެވަނައިގައި އޮތް ސިޓީ މިމެޗުން ބަލިވުމުން  އެންމެބޮޑު ހިންހަމަޖެހުމެއް ލިބޭނީ  ތާވަލްގެ  އެއްވަނައިގައި  އޮތް އާސެނަލް އަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *