logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 9 ގައި

މިއަހަރުގެ ރިޔާސީ އިންތިހާބު އަންނަ ސެޕްޓެމްބަރުމަހުގެ ނުވަވަނަ ދުވަހަަށް ތާވަލުކޮށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެކަން ދާދި ދެންމެ އިއުލާނުކޮށްފި އެވެ.

މިހާރު ކުރިއަށްދާ މީޑިއާ ބްރީފިންގައި އީސީގެ ރައީސް ފުވާދު ތައުފީގު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރުމަހުގެ 30 ވަނަ ދުވަހު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ފުރުސަތު އޮންނާނީ އޮގަސްޓް 10 އިން ފެށިގެން ސެޕްޓެމްބަރު އަށް ވަނަ ދުވަހާ ހަމައަށެވެ.

މިފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު ސެޕްޓެމްބަރު ނުވަޔަކާ ހަަމައަށް ދާއިރު ގާތްގަނޑަކަށް 280،000 އަށް އަރާނެ ކަަމަށް އީސީން ލަފާކުރެ އެވެ. އެއީ 2018 ވަނަ އަހަރު ގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނު މީހުންގެ އަދަދަށް ވުރެ ގާތްގަނޑަކަށް 21،000 މީހުންގެ އިތުރުވުމެކެވެ.

މި އިންތިހާބުގައި މާލޭގައި 145 ވޯޓުފޮށި، ހުޅުމާލޭގައި 47 ފޮށި އަދި ވިލިމާލޭގައި 10 ފޮށި ބަހައްޓާނެ އެވެ. ސިޓީތަކާއި އަތޮޅުތަކުގައި ބަހައްޓާނީ އީސީން ބުނިގޮތުގައި 327 ފޮށްޓެވެ. ރާއްޖޭން ބޭރުގައި މިފަހަރު ބަހައްޓާނީ 12 ފޮށްޓެވެ. ރިސޯޓްތަކުގައި ބަހައްޓާނީ 50 ފޮށްޓެވެ. ސިނާއީ ރަށްތަކުގައި ބަހައްޓާ ފަސް ފޮށްޓާއި ޖަލުތަކުގައި ބަހައްޓާ ހަތަރު ފޮށްޓާއި އެކު މި އިންތިހާބުގައި ބަހައްޓާނީ ޖުމްލަ 600 ވޯޓު ފޮށްޓެވެ.

ފުވާދު ވިދާޅުވި ގޮތުގައި މިއަދު ހާމަކުރި އަދަދުތަކަކީ އަންދާސީ އަދަދުތަކަކަށް ވާތީ އެ އަދަދުތަކަށް ފަހުން ބަދަލު އަތުވެދާނެ އެވެ.

"އެއީ މިސާލަކަށް ރިސޯޓްތަކުގައި 50 މީހުން ހަމަވަންޏާ ވޯޓު ފޮށްޓެއް ބަހައްޓަން ކަނޑައަޅާފައި މިވަނީ. އެގޮތުން 50 ރިސޯޓެއްގައި ވޯޓުފޮށި ބެހެއްޓޭނެ ކަަމަށް އަޅުގަނޑުމެން އަންދާޒާކޮށްފައި މިވަނީ ކުރީ ފަހަރު ބެހެއްޓީ 35 ރިސޯޓެއްގައި. އެހެން ނަމަވެސް ގާތްގަނޑަކަށް 180 ވަރަކަށް ރިސޯޓް އޮންނަ އިރު، މިއަދަދު އިތުރުވުން އުނިވުން މިއީ ހަމަ އެކަށީގެންވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ އެކިއެކި ކަންތައްތައް ތާވަލުކޮށްފައިވާ ގޮތުގެ ތަފުސީލު ދެއްވަމުން ފުވާދު ވިދާޅުވި ގޮތުގައި އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް އިއުލާނުކުރުން އޮންނާނީ އޮގަސްޓްމަހުގެ ނުވަ ވަނަ ދުވަހު އެވެ. ރަސްމީކޮށް ރިޔާސީ އިންތިހާބަށް ކެމްޕޭނުކުރުމުގެ ފުރުސަތު އޮންނާނީ 10 އޮގަސްޓުން އަށެއް ސެޕްޓެމްބަރާ ހަަމައަށެވެ.

ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި މަސައްކަތް ކުރާނެ ފަރާތްތަކުގެ ނަންތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީހަކީ ފުވާދު ވިދާޅުވި ގޮތުގައި 17 އޮގަސްޓެވެ. މަންދޫބުން ރަޖިސްޓްރީވާން ހުޅުވައިލާނީ 10 އޮގަސްޓްގަ އެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާ އިއުލާނުކުރާނީ ކުރިއެކޭ ވެސް އެއްގޮތަށް ވޯޓުލާ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެެރޭގަ އެވެ. ވަގުތީ ނަތީޖާ އިއުލާނުކުރުމަކީ ވޯޓުލައި ނިމިގެން ވަގުތުން ކުރާ ކަމެކެވެ.

އިންތިހާބުގެ ތާރީހުތައް ފަހަރެއްގައި ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އީސީން މިއަދު ބުންޏެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *