logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ޔާމީނުގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓް ކޯޓުން ދޫކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު،މަހުޟަރު ބަޔާންތަކާ އެކު އެމަނިކުފާނުގެ ވަކީލުންނަށް ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްފި އެވެ.

ރިޝްވަތު ހިފުމުގެ ކުށާއި މަނީލޯންޑާ ކުރުމުގެ ކުށް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރުމަހުގެ 25 ގަ އެވެ. ޔާމީނަށް ކުރި އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށް އެމަނިކުފާނުގެ ވަކީލުން ހަމަ އެ ދުވަހު ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ހުކުމް އިސްތިއުނާފު ނުކުރެވި އޮތީ މަހުޞަރު ބަޔާންތަކާއި އެކު ފުރިހަަމަ ރިޕޯޓް ނުލިބޭތީ ކަމަށް ޔާމީނުގެ ވަކީލުން ދާދި ފަހުން ވިދާޅުވި އެވެ.

އެމަނިކުފާނުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އެންމެ ފަހުން ރިޕޯޓް ލިބިއްޖެ" ކަމަށާއި ކުރިއަށް އޮތީ ބުރަ ދުވަސްތަކެއް ކަމަށެވެ.

ޔާމީނުގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓް ލިބުން ލަސްވާތީ އިދިކޮޅު ޕީޕީއެމްޕީއެންސީގެ ލީޑަރުން މީގެ ކުރިން ވަނީ ކްރިމިނަލް ކޯޓަށް ވެސް އެއްދުވަހު ވަޑައިގެންފަ އެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަން އެޕާޓީން ވަނީ ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް އަރުވަައިފަ އެވެ. އެހެން ނަމަވެސް އިންތިހާބުގައި އެމަނިކުފާނަށް ވާދަ،ކުރެއްވޭނީ މިހާރު އިއްވާފައިވާ ހުކުމް ބާތިލުކޮށްފި ނަމަ އެވެ. ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް "،މިނިވަން" އަށް ކުރިން ވިދާޅުވެފައިވާ ގޮތުގައި ޔާމީނުގެ ހުކުމް އިސްތިއުނާފުކުރުން ލަސްވާތީ އެމަނިކުފާނުގެ ސަޕޯޓަރުން ދަނީ އެކަމުގެ ޝަކުވާ ޕީޕީއެމްގެ ލީޑަޝިޕަށް އުފުލަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *