logo minivan

English

އަންގާރަ, 15 އޮކްޓޯބަރ 2024

ޝާހިދު ކަޕޫރުގެ ފުރަތަމަ ވެބްސީރީސް "ފަރްޒީ" ގެ ޓްރެއިލާ މިއޮތީ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ޝާހިދު ކަޕޫރު ކުޅޭ ފުރަތަމަ ވެބްސީރީސް ގެ ޓްރެއިލަރ ދައްކާލައިފިއެވެ. "ފަރްޒީ" ގެ ނަން ދީފައިވާ މި ސީރީޒް ގައި ޝާހިދުގެ އިތުރުން ދެން ފެނިގެންދާނީ ކޭކޭ މެނަން، ރެގީނާ ކަސަންދްރާ، ރާޝީ ކަންނާ ގެ އިތުރުން ސައުތުގެ މަޝްހޫރު އެކްޓަރު ވިޖޭ ސޭތޫޕަތީއެވެ.

އަންނަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އެމެޒޯން ޕްރައިމް އިން ދައްކަންފަށާ މި ސީރީސް ގެނެސްދޭނީ ކާމިޔާބު ސީރީސް "ދަ ފެމިލީ މޭން" ވެސް ގެނެސްދިން ޓީމުންނެވެ.

އާދައިގެ މީހަކު މުއްސަނދި ވުމަށް ކުރާ މަސައްކަތުގެ ތެރެއިން ވަގުފައިސާ ޗާޕްކުރުން ހިމެނޭހެން ކްރައިމް އިންވެސްޓިގޭޝަން އެއް ހިމެނޭ މި ސީރީސް ޕްރޮޑިއުސް ކޮށްފައިވަނީ ޑީޓޫއާރު ފިލްމްސް އިންނެވެ.

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިން މީގެ ކުރިން ސިރީސް ކުޅުމާއި ޓީވީގައި އެކްޓްކުރުމަކީ ދަށުދަރަޖައިގެ ކަމެއްކަމަށްދެކި އާންމުކޮށް ކޮށްއުޅޭކަމެއް ނޫނެވެ. ނަމަވެސް ސްޓްރީމިންގ ޕްލެޓްފޯމްތަށް ތައާރަފްވެ ބޮޑު ބަޖެޓްގައި ސީރީސްތައް ހަދަން ފެށުމުން މިހާރު އެންމެ މަޝްހޫރު ބޮޑެތި ތަރިންވެސް ވެބްސިރީސް ތަކަށް އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *