logo minivan

English

ހުކުރު, 08 ނޮވެމްބަރ 2024

ށ. ނޫމަރާގެ ބަނދަރާއި ނެރު ފުންކުރުމުގެ މަސައްކަތް ނިމިއްޖެ

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ށ. ނޫމަރާ ބަނދަރާއި ނެރު ފުންކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ.

މި މަޝްރޫޢުގެ ދަށުން 6347 ކިއުބިކްމީޓަރުގެ ސަރަހައްދެއްގައި ބަނދަރާއި ނެރު ފުންކުރުމުގެ މަސައްކަތް ކޮށްފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

މިމަޝްރޫޢުގެ ދަށުން ބަނދަރާއި ނެރު ފުންކުރުމުގެ މަޝްރޫޢުގެ ސަބަބުން ށ. ނޫމަރާގެ ރައްޔިތުންނަށް ނެރާއި ބަނދަރު ބޭނުންކުރުމުގައި ދިމާވަމުންދިޔަ ދަތިތަކަށް ހައްލު ލިބި އޮޑިދޯނިފަހަރު ނެރުން ވަދެ ނިކުތުމުގައި އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމެށް ކަމަށް އެމްޓީސީސީން ބުނެއެވެ.

ހުޅަނގުގައި ހަޅަޖަހާ ރާޅުބިންދާއިރު އެރަށު ނެރު ބޭނުންނުކުރުމަކީ އުނދަގޫ ދަތިކަމެކެވެ. މި މަސައްކަތް އެމްޓީސީސީން ކޮށްފައިމިވަނީ،  2021 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އެރަށު ބަނދަރަށް ވެލިއަރާ ތިލަވުމުގެ ސަބަބުން ނެރުގެ ބޭނުންއެއްގޮތަކަށްވެސް ނުކުރެވިވަނިކޮށެވެ.

 

އެގޮތުން ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *