logo minivan

English

ހޮނިހިރު, 27 ޖުލައި 2024

މަޖިލިސް މިއަހަރަށް ހުޅުވުން ފެބްރުއަރީ ހަޔަކަށް ތާވަލުކޮށްފި

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ޖަލްސާ އަންނަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހަށް ތާވަލުކޮށް، މަޖިލީހުން އެކަން އިއުލާނުކޮށްފި އެވެ.

ކޮންމެ އަހަރަކު ވެސް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގެ އެޖެންޑާގައި އޮންނާނީ ރައީސުލް ޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުން އެކަންޏެވެ. މަޖިލިސް މިއަހަރަށް ހުޅުވާ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްވަވާ ރިޔާސީ ބަޔާން ވާނީ އެމަނިކުފާނުގެ ވެރިކަމުގެ މިދައުރުގައި އިއްވަވާ އެންމެ ފަހު ރިޔާސީ ބަޔާނަށެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާ އިރު އެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީ ވަރަށް ބޮޑަށް ދެބައިވެފައިވާ ވަގުތެއްގަ އެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ބޭފުޅަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ ކެމްޕޭނުގައި އެމަނިކުފާނު ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ދެއްކެވި ބައެއް ވާހަކަފުޅުތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ރައްދު ދެއްވައިފަ އެވެ.

މަޖިލިސް މިއަހަރަށް ހުޅުވާއިރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ ނިމިފަ އެވެ. އެ އިންތިހާބު ބާއްވަން ތާވަލުކޮށްފައި އޮތީ މިމަހުގެ 28 ވަނަ ދުވަހަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *