logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ނާވައިދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ހދ. ނާވައިދޫ ބަނދަރު މަރާމާތުކޮށް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ. އަދި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެމިނިސްޓްރީގެ ޑިރެކްޓަރް ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

ނައިވާދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 51.3 މިލިޔަން ރުފިޔާގެ އަގަކަށް، 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި ކުރިން ހަދާފައި ހުރި ބަނދަރުތަކުގެ ކަނޑުތޮށްޓާއި އެއްގަމު ތޮށި ހަލާކުވުމުގެ ސަބަބުން މަރާމާތުކުރަން ޖެހިފައި ވާއިރު އަނެއްބައި ރަށްރަށުގެ ބަނދަރުގެ ޖާގަ ކުޑަވެ، އެރަށްރަށުގެ މީހުންނަށް ދަތިވާތީ ބޮޑުކުރަން ވަނީ ޖެހިފަ އެވެ. ރާއްޖޭގެ ގިނަ ރަށްރަށުގެ ބަނދަރު ކުރިން ހަދައި ނިމިފައި ވާއިރު މިހާރު ގިނައިން ކުރަން ޖެހޭ މަސައްކަތަކީ އެ ބަނދަރުތައް މަރާމާތުކުރުން ނުވަތަ ޖާގަ ބޮޑުކުރުމެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *