logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ކެމްބޯޑިއާއިން ރާއްޖެއަށް ހަނޑޫ އެތެރެކުރަން މަޝްވަރާކޮށްފި

ކެމްބޯޑިއާއިން ރާއްޖެއަށް ހަނޑުލާއި ދަނޑުވެރިކަމުގެ އެހެނިހެން ބާވަތްތައް އެތެރެ ކުރަން މަޝްވަރާ ކޮށްފިއެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެން އާ އެކު ބޭއްވެެވި ރަސްމީ ވާހަކަތަކަށް ފަހު ދެއްވި ޖޮއިންޓް ޕްރެސްމެންޓްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކެމްބޯޑިއާއަކީ ގިނަ ޢަދަދަކަށް ހަނޑޫ އުފައްދާ ޤައުމެއް ކަމަށާއި ދުނިޔޭގެ ފެންވަރުގެ ހަނޑުލާއި ދަނޑުވެރިކަމުގެ ބާވަތްތައް، ގިނަ ޢަދަދަކަށް އެކްސްޕޯޓް ކުރާ ޤައުމެއްކަމަށެވެ. އެހެންކަމުން، ކެމްބޯޑިއާގެ ހަނޑުލުގެ ބާޒާރުން ދިވެހިރާއްޖެއަށް އިތުރު ފުރުޞަތުތައް ހޯދުމާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

"ޒުވާރިއާއި، މިރުހާއި، ދަނޑިއަލުއްވާއި، ކެޝޫނަޓް ފަދަ ދަނޑުވެރިކަމުގެ ބާވަތްތަކާއި، މޭވާގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ވެސް އަޅުގަނޑުމެން މަޝްވަރާ ކުރިން" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރާއްޖެއަކީ ބޭރުން އެތެރެކުރާ މުދަލަށް ބަރޯސާވާ ޤައުމެއްކަމަށާ ފޭރާމުގެ ބާވަތްތަކާއި، ދަތުރުފަތުރާ ގުޅުންހުރި މުދަލާއި، ލަކުޑީގެ ބާވަތްތައް ވެސް ރާއްޖެއަށް އެތެރެކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ރާއްޖޭގައި ތައްޔާރުކުރާ ދަޅުމަހާއި ކަނޑުމަހުގެ އުފެއްދުންތައް ކެމްބޯޑިއާއަށް އެކްސްޕޯޓް ކުރުމާ ބެހޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އިޤްތިޞާދީ ދާއިރާއިން އެއްބާރުލުން ދިނުމުގެ ތެރެއިން، ކެމްބޯޑިއާ އާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ޝައުޤުވެރިކަން، މިއަދުގެ މަޝްވަރާތަކުގައި ވަނީ ފާޅުކުރައްވާފަ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *