logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ބަސް ޑްރައިަވރުން ނެގުމުގެ އިންޓަވިއު މިއަދު ހަވީރު، މުސާރަ ރަނގަޅު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އަށް ބަސް ޑްރައިވަރުން ހޯދަން މިއަދު ވޯކް-އިން އިންޓަވިއު އެއް ބާއްވާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ ބަސް ޑްރައިވަރުން ހޯދަން ބާއްވާ ވޯކްއިން އިންޓަވިއުތައް ކުރިއަށްދާނީ މިއަދު ހަވީރު 4:00އިން 6:00 އަށް މޭލާގައި ހުންނަ ހުޅުމާލެ ފެރީޓާމިނަލް ގައި ކަމަށެވެ. އެމްޓީސީން ކުރި އިއުލާނުގައި ވާގޮތުން ބަސްޑްރައިވަރަކަށް 12،000 ރުފިޔާއާއި 18،000 ރުފިޔާގެ ދެމެދުގެ މުސާރައެއް އެކުންފުނިން ދޭނެ އެވެ އަދި މުސާރައިގެ އިތުރުން މެޑިކަލް އިންޝުއަރެންސް، ކެރިއާ ޑިވެލޮޕްމެންޓްގެ އިތުރުން ޓްރެއިނިންގ ދޭނެކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

އިންޓަވިއަށް ދާފަރާތްތަކުން ގެންދަން ޖެހޭނީ އައިޑީ ކާޑު އަދި ބީ2 ލައިސަންސް އެވެ.

އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ބަސް ހިދުމަތް މާލެއާއި ހުޅުމާލޭގެ އިތުރުން އައްޑުއާއި ފުވައްމުލަކާއި ލ. އަތޮޅުގައި ވެސް އަންނަނީ ދެމުންނެވެ. ބަހުގެ ހިދުމަތް  ފަސޭހަކުރުމަށް ޓަކައި ކޭޝްކާޑު ބޭނުން ކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމު ވެސް އެމްޓީސީސީން މިހާރު ވަނީ ހަމަޖައްސާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *