logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ސިޓީކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތްދިނުމަށް 10 ބަގީ ގަނެފި

މާލޭ ސިޓީކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ފެށުމަށް 10 ބަގީ ގަނެފިއެވެ.

އެކައުންސިލްއިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ 17 އޯގަސްޓް 2022ގައި ބޭއްވި ކައުންސިލް ހަތަރުވަނަ ދައުރުގެ 63 ވަނަ އާންމު ޖަލްސާގައި ވިލިމާލޭގައި އިލެކްޓްރިކް ބަގީގެ ގިދުމަތް ދިނުމުގެ ގޮތުން ބޭނުންވާ 10 ބަގީ މިމަހު ފަހުކޮޅުގައި ރާއްޖެ އަންނާނެ ކަމަށެވެ. މީގެ އިތުރުން އެކައުންސިލުން ބުނެފައިވަނީ މިފެށޭ ފެބްރުއަރީ މަހުގެ ކުރީކޮޅު ވިލިމާލޭ ރައްޔިތުންނަށް ބަގީގެ ހިދުމަތް ދޭން ފެށޭނެކަމަށެވެ. އެކައުންސިލުން ބުނީ ގެނެވޭ މި ބަގީތަކުގެ ތެރޭގައި ލަގެޖް އަދި ފޮށުގަނޑު ފަދަ ތަކެތި ލެވޭވަރުގެ ބަގީއާއި އަދި ކުއްލި ހާލައްތަކުގައި ބަލިމީހުން ދަތުރު ކުރެވޭނެ ގޮތަށް ހެދިފައިވާ ބަގީ ހިމެނޭކަމަށެވެ.

މާލޭސިޓީކައުންސިލުން ކޮށްފައިވާ ޓްވީޓުގައި ރާއްޖެ ގެނެއުމަށް ހަމަޖެހިފައިވާ ބަގީތަކުގެ ވީޑިއޯއެއް ވެއެވެ.

ވިލިމާލެއަކީ ސަރުކާރުން ކަނޑައާފައިވާ ވަކި މިންވަރަށް މެނުވީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުން މަނާ ރަށެކެވެ. އެހެންކަމުން ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަމިއްލަ ފަރާތަކުން އަންނަނީ ބަގީ އާއި ވޭންގެ ހިދުމަތް ދެމުންނެވެ. މަނަވެސް މިހާރު ބޭނުން ކުރާ ބައެއް ބަގީއާއި ވޭންތައް އެކިއެކި ސަބަބުތަކާ ހުރެ ވަނީ އެ ހިދުމަތްދިނުން ހުއްޓުމަކަށް އައިސްފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *