logo minivan

English

ހޮނިހިރު, 27 ޖުލައި 2024

މާލޭގެ މަގު ތަކަށް ކުނި އަޅާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާނަން: ސިޓީ ކައުނަސިލް

މާލޭގެ މަގުތަކަށް ކުނިއަޅާ ފަރާތްތައް ދެނެގަނެ އެފަރާތްތަކާއި މެދު އާންމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މިހިނގާ ޖެނުއަރީ 20 ވަނަ ދުވަހުން ފެށިގެން ހަރުކަށި ފިޔަވަޅު އެޅާނެ ކަމަށް ސިޓީ ކައުންސިލް އިން ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ މާލޭގެ މަގުތަކަށް ކުނި އަޅާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމަށް ނިންމާފައި ވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި އާންމު އިޖްތިމާއީ މިންގަނޑުތަކާ ޚިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނަށް ރިއާޔަތްކޮށް ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ އެ އުޞޫލު އާންމުކޮށް އަންގާ ޢިއުލާން ކުރެވިފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ކަމަށެވެ. އުޞޫލު އާންމުކުރިތާ 5 މަސްވެގެން ގޮސްފައިވާއިރު، މާލެ ސިޓީ ކައުންސިލުން ވަނީ ރައްޔިތުންނަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ނަޞޭޙަތްތެރިވެގެން މައްސަލަ ހައްލުކުރެވޭތޯ ގިނަގުނަ މަސައްކަތްތަކެއް ކޮށްފަކަމަށާ، މީގެ އިތުރުން މިފަދަ ޢަމަލުތައް ތަކުރާރުކުރާނަމަ އުޞޫލުގެ ތެރެއިން ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ދެވިފައިވާނޭ ކަމަށެވެ. އެހެންނަމަވެސް މިކަމަށް ދާއިމީ ހައްލެއްނައިސް ތަކުރާރުކޮށް މާލޭގެ އެކި ސަރަޙައްދުތަކަށް ކުނިއެޅުން ވަނީ އާންމުވެފައިކަމުގައެވެ.

އެ އުޞޫލު ގެ ދަށުން ފުލުހުންނާއި ގުޅިގެން މަގުތައް މޮނިޓަރކޮށް މަގުތަކަށް ކުނި އަޅާފަރާތްތައް ދެނެގަނެ ޖެނުއަރީ 20 ވަނަ ދުވަހުން ފެށިގެން ޖޫރިމަނާކުރުމަށް ވަނީ ނިންމާފައިކަމަށާ އަދި ކުނިއަޅާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅައި ޖޫރިމަނާ ކުރުމަށްފަހު އެފަރާތަކުން މާލެ ސިޓީ ކައުންސިލުން ހޯދަންޖެހޭ އެއްވެސް ޚިދުމަތެއް ހޯދޭނީ ޖޫރިމަނާ ފައިސާ މާލެ ސިޓީ ކައުންސިލަށް ދެއްކުމަށްފަހުގައި ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީބުނެފަ އެވެ.

މާލެ ސިޓީ އަކީ ސާފުތާހިރު އަމާން ސިޓީ އަކަށް ހެދުމަށްޓަކައި ކުރިއަށްގެންދާ މި މަސައްކަތުގައި އާންމުންގެ ފަރާތުން މިހާރުވެސް އެހީތެރިކަން ލިބެމުންދާކަން ފާހަގަކުރެއްވިއެވެ.

އެ ކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެގޮތުން އެއްވެސް ސަރަޙައްދަކަށް ކުނި އަޅަނިކޮށް ފެނިއްޖެނަމަ ނުވަތަ އާންމު އިޖްތިމާޢީ މިންގަނޑާއި ޚިލާފު އެއްވެސް ޢަމަލެއް ހިންގާނަމަ ކައުންސިލްގެ ހޮޓްލައިން 1622 އަށް ގުޅައި ރިޕޯޓް ކުރެއްވުމަށް ސިޓީ ކައުންސިލުން ވަނީއެދިފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *