logo minivan

English

އާދިއްތަ, 13 އޮކްޓޯބަރ 2024

ތިން އަހަރުގެ މެދުކެނޑުމަކައްފަހު ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް

ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެބޮޑު އެއްމާކެޓް ކަމުގައިވާ ޗައިނާއިން، އެގައުމުގެ ފަތުރުވެރިން މިއަދު ރާއްޖެއަންނަން ފަށައިފިއެވެ.

ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން މީގެ ތިންއަހަރެއްހާ ދުވަސްކުރިން ޗައިނާގެ ސަރުކާރުން ކޯވިޑް ކޮންޓްރޯލް ކުރުމަށްޓަކައި އެގައުމުގެ ރައްޔިތުން އެހެން ގައުމުތަކަށް ދަތުރުކުރުން މަނާކުރުމާ ގުޅިގެން، އެގައުމުގެ ފަތުރުވެރިން ރާއްޖެ އައުވަނީ ހުއްޓިފައެވެ. ނަމަވެސް ޗައިނާއިން މިމަހު އަށް ވަނަދުވަހު ވަނީ އެގައުމުގެ ރައްޔިތުން އެހެން ގައުމުތަކަށް ދަތުރުކުމަށް ހުއްދަދީފައެވެ. އަދި ޗައިނާގެ ދަތުރުފަރުކު ކުރުން ހުޅުވާލުމުން ރާއްޖެއިން ވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ.

ޗައިނާގެ ބޭޖިންއިން މިއަދު ވަނީ ރާއްޖެއަށް އުދުހުންތައް އަނެއްކާވެސް ފަށާފައެވެ. މިއަދު ޗައިނާގެ ބޭޖިންއިން ވަނީ ފުރަތަމަ ފްލައިޓު މާލޭ އިންޓަނޭޝަނަލް އެއާޕޯޓައް ޖައްސާފައެވެ. މި ފުލައިޓުން 198 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ޗައިނާއިން ކުރިން އަޅާފައިވާ ފިޔަވަޅުތައް ދޫކޮށްލުމާއިއެކު އެގައުމުގައި ކޯވިޑްގެ ކޭސްތައް އިތުރުވުމުން ބައެއްގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޗައިނާއިން އެހެންގައުމުތަކަށް މީހުން ދަތުރުކުރާވަރު މަދުކުރުމުގެ ގޮތުން ބައެއް ގައުމުތަކުން ވަނީ ފިޔަވަޅުތައް އަޅާފައެވެ. މިކަމާގުޅިގެން ރާއްޖޭގެ ސަރުކާރުން ބުނެފައިވަނީ ރާއްޖޭގައި އެކަން ކޮންޓްރޯލް ކުރެވޭނެކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *