logo minivan

English

ބުދަ, 09 އޮކްޓޯބަރ 2024

މާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

މާލޭގައި ރޭ މެންދަމު މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނިގޮތުގައި ލޮނުޒިޔާރަތްމަމުގައި ހުންނަ ޗާކޯލް ކެފޭގެ ކުރިމަތީގައި ދިން އެހަމަލާގައި ޒަހަމްވީ އުމުރުން 30 އަަހަރުގެ ފިރިހެނެކެވެ. އޭނާއަށް އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ބުންޏެވެ. ޒަހަމްވީ މީހާއަށް ލިބިފައި ވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް އަދި ނޭނގެ އެވެ.

އެ ހަމަލާއާ ގުޅިގެން މިހައިތަނަށް މީހަކު ހައްޔަރުކުރި ކަމެއް ނުވަނަ ނޫންކަމެއް އަދި ނޭނގެ އެވެ. ފުލުހުން ބުނީ އެ މައްސަލަ ބަލަމުން އަންނަ ކަަމަށެވެ.

މާލެ ސަރަހައްދުގައި ބޮޑު މާރާމާރީއެއް ނުހިނގާތާ ދުވަސްކޮޅެއް ވުމަށް ފަހު އެފަދަ ކުށްތައް އަނެއްކާވެސް އަންނަނީ އިތުރުވަމުންނެވެ. މިދިޔަ ހަގުތާގެ އަންގާރަދުވަހުގެ ރޭ ހުޅުމާލޭގެ ފޭސް2 ގައި ވެސް މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި އެވެ. އެހަމަލާގައި ޒަހަމްވީ އުމުރުން 26 އަަހަރުގެ ދިވެހި ފިރިހެނެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *