logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ރާއްޖޭން އިންޑިއާއާ އެކު ތިން އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭން އިންޑިއާއާ އެކު ތަފާތު ދާއިރާތަކުން ތިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެއްބަސްވުންތަކުގައި ސޮއިކުރީ އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޖައިޝަންކަަރުޖ ރާއްޖެއަށް އިއްޔެ ފެއްޓެވި ދަތުރުގައި ނ. މަނަދުއަށް އިއްޔެ ވަޑައިގެންނެވުމުން، އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ރާއްޖޭން އިންޑިއާއާ އެކު އިއްޔެ ސޮއި ކުރި ފުރަތަމަ އެއްބަސްވުމަކީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގަން އިންޑިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެކެވެ. .

އިއްޔެ ސޮއިކުރި އަނެއް އެއްބަސްވުަމަކީ އިތުރުން ގދ. ގައްދޫ ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްގީ ކުރުމުގެ އެއްބަސްވުމެކެވެ.  އިއްޔެ ސޮއިކުރި ތިން ވަނަ އެއްބަސްވުމަކީ ގައުމީ ޔުނިވާސިޓީ އާއި އިންޑިއާގެ ކޮޗިންގެ، ޔުނިވާސިޓީ އޮފް ކޮޗިންއާ ދެމެދު ސޮއިކުރި، ފަންނީ ގޮތުން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެކެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިތުރުން އިއްޔެގެ ރަސްމިއްޔާތުގައި އޮތް ކަމަކީ އިންޑިއާގެ ސަރުކާރުން ވަނީ ރާއްޖެއަށް ދެ ސީއެމްބިއުލަންސް ހަދިޔާކުރުމުގެ ލިއުން ހަވާލުކުރުމެވެ

.އެ ރަސްމިއްޔާތުގައި ޖައިޝަންކަރު ވިދާޅުވީ، މިއެއްބަސްވުންތަކުން ރާއްޖޭގެ ތަރައްގީއަށް ވަރަށް ބޮޑުފައިދާއެއް ކުރާނެ ކަމަށާއި އަދި އިންޑިއާއިން އަބަދުވެސް ރާއްޖެއަށް އެހީތެރިވާނެކަމަށެވެ. އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ޖައިޝަންކަރު ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ރާއްޖޭގެ ސީނިއަރ ފޮރިންމިނިސްޓަރ ވަޑައިގަތީމަ ޖޫނިއަރ ފޮރިންމިނިސްޓަރ ހުރީ ސައިޒްވެ ކުޑަވެފަ.މިކަލޭގެ އައިސް ބުންޏޯ ހަނިމާދޫއާ ދުނިޔެއާ ގުޅުވާލަނަމޭ.އޭނަ ކއިރީ ބުނެބަލަ އަހަރެމެން އެކަން ކުރަމުންނޭ މިދަނީ އަމިއްލައަށް އެއަސްވުރެ މާތާހިރުވާނޭ އިންޑިޔާގެ ހަމިލިއަން މީހުނަށް ނަޖިހުުން ތާހިރުވެވޭނެ ގޮތް ހެދިއްޔާ.މޮޅު ވާހަކަ ނުދައްކާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *