logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ނަޝީދު ފެކްޝަނުގައި އުޅުއްވި މޫސާ ސިރާޖް ރައީސް ފަޅިއަށް

އެމްޑީޕީ ދެބައިވެ، ދެ ފެކްޝަން އުފެދުނީއްސުރެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވައިގެން އުޅުއްވި، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އެންމެ ފަހުން ރައިސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭނާ ގުޅިވަޑައިގެންފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާކަން ހާމަކުރައްވަން ސިރާޖު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހަށް ތާއީދުކުރައްވަން ނިންމެވީ އެމްޑީޕީއަށް އިންތިހާބު ކާމިޔާބުކޮށްދެވޭނެ ކެންޑިޑޭޓަކާ އެކު ނުުކުތުން މުހިއްމުކަަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ. އެގޮތަށް ނިންމެވީ ދާއިރާގެ ރައްޔިތުންނާ ވެސް މަޝްވަރާކުރައްވައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެވޭނެ ކެންޑިޑޭޓަކާއެކު އިންތިހާބަށް ނުކުތުން މުހިންމު ކަމަށް ފެންނާތީ، ދާއިރާގެ ރައްޔިތުންގެ މަޝްވަރާއާއެކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުކުރުމަށް ނިންމައިފިން،" ސިރާޖު ވިދާޅުވި އެވެ.

އެމްޑީޕީ ދެބައިވީ ފަހުން ނަޝީދުގެ ފަހަތްޕުޅުގައި އުޅުއްވުމަށް ފަހު ރައީސް ސޯލިހަށް ތާއީދުކުރައްވަން ނިންމެވި މިއީ ތިންވަނަ މެމްބަރެވެ. މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގާއި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ވެސް މީގެ ކުރިން ވަނީ ރައީސްގެ ކެމްޕޭނާ ގުޅިވަޑައިގެންފަ އެެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *