logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ވިލިމާލޭގައި ބަހުގެ ހިދުމަތް ފަށައިފި

އެމްޓީސީސީއިން އިއްޔެ ވިލިމާޅޭގައި ބަހުގެ ހިދުމަތް ދޭންފަށައިފިއެވެ.

ވިލިމާލޭގައި ބަހުގެ ހިދުމަތައް ބޭނުން ކުރަނީ މުޅިން އައު އިލެކްޓްރިކް ބަސްތަކެކެވެ. ކުދި އެހެނަސް ޖާގައިގެ ގޮތުން ވިލިމާލެއަށް ރަންގަޅު މިބަސްތަކުގައި 15 މީހުންނަށް އެއްފަހަރާ ދަތުރު ކުރެވެއެވެ. 11 މީހުންނަށް އިށީންދެގެން ތިބެވޭނެހެން ސީޓު ހަރުކޮށްފައި ހުންނައިރު 4 މީހުންނަށް ކޮޅަށް ހުރެގެން ދަތުރު ކުރެވޭނެކަމުގައި އެކުންފުނިން ބުނެއެވެ.

އިއްޔެއިން ފެށިގެން ދެހަފުތާ ވަންދެން ބަސް ދަތުރުތަކުން އެއްވެސް ފީއެއް ނުނަގާނެކަމަށް އެކުންފުނިން ބުނެއެވެ. އަދި ދެފަފުތާ ނިމުމުން އަގުނަގާނެކަމަށާއި ނަމަވެސް 3 އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ މީހުންއަތުން އަގު ނުނަގާނެ ކަމުގައި އެކުންފުނިން ބުނެއެވެ. އަދި ބަހުގެ ދަތުރުތަކަށް ނަގާނެ އަގެން ކަނޑައެޅުމަށް އަންނަނީ މަސައްކަތް ކުރަމުން ކަމަށް އެކުންފުނިން ބުނެއެވެ.

ބަހުގެ ހިދުމަތް ކޮންމެ ދުވަހަކު ފަތިހު 5:35 އިން ދަންވަރު 12:00 އާ ހަމައަށް ދިނުމައް ހަމަޖެހިފައިވެއެވެ. މިބަސްތައް ދުއްވުމަށް ހަމަޖެހިފައިވަނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުން އެއްމެގިނައިން ގޮސްއުޅޭ ސަރަހައްދުތަކަށެވެ. އެގޮތުން ފެތީ ޓާމިނަލް، ބީޗް، އަދި ސްކޫލް ހުންނަ ސަރަހައްދުތައް ހިމެނެއެވެ.

ވިލިމާލޭގައި ބަހުގެ ހިދުމަތް ފަށާފައިވާއިރު، މާލޭ ސިޓީކައުންސިލުން އަންނަނީ އަންނަމަހު ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމައް ތަތްޔާރުވަމުންނެވެ. އެގޮތުން ބަގީގެ ހިދުމަތް ދިނުމައް ސިޓީ ކައުންސިލުން މިހާރުވަނީ 10 އިލެކްޓްރިކް ބަގީ ގަނެފަ ކަމުގައި އެ ކައުންސިލިން ބުނެއެވެ. ވިލިމާލޭގައި ބަގީގެ ހިދުމަތް 24 ގަޑީރު ދިނުމައް ހަމަޖެހިފައިވާ ކަމުގައި އެކައުންސިލުބުނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *