logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ކްރިމިނަލް ކޯޓުން މަައްްސަލަތައް ނިންމުމުގައި މިދިޔަ އަހަރު 16 ޕަސެންޓްގެ ކުރިއެެރުމެއްް

ކްރިމިަނަލް ކޯޓަށް ހުށަހެޅި މައްސަލަތައް ނިންމުުމުގައި މިދިޔަ އަހަރު އޭގެ ކުރިއާ އަޅައިބަލާއިރު 16 ޕަސެންޓްގެ ކުރިއެެރުމެއް ލިބިފައިވާ ކަމަށް އެކޯޓުން ބުނެފި އެވެ.

ކްރިމިނަލްކޯޓުން މިއަަދު އާއްމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ އަހަރު އެކޯޓަށް ހުށަހެޅީ 786 މައްސަލަ އެވެ. އެކޯޓުން މިދިޔަ އަހަރު ނިންމީ ޖުމްލަ 1،096 މައްސަލަ އެވެ. އެކޯޓުގެ ހިސާބުތަކުގައިވާ ގޮތުން މިދިޔަ އަހަރު އެކޯޓަށް ހުށަހެޅި މައްްސަލަތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަ ހުށަހެޅީ ޖޫން މަހު އެވެ. އެ މަހުގެ ތެރޭގައި އެކޯޓަށް ޖުމްލަ 113 މައްސަލައެއް ހުށަހެޅި އެވެ. އެކޯޓަށް ހުށަހެޅި މައްސަލައިގެ އަދަދު އެހެން ހުރިހާ މަހެއްގައި ވެސް ހުރީ 80 އަށް ވުރެ ދަށުގަ އެވެ. އެކޯޓުން މިދިޔަ އަހަރު އެންމެ ގިނަ މައްސަަލަތައް ނިންމީ ވެސް މިދިޔަ އަހަރުގެ ޖޫން މަހު އެވެ. އެއީ 165 މައްސަލަ އެވެ. އެކޯޓުން ސެޕްޓެމްބަރު މަހު ވެސް ހަމަ އެއާ ގާތްކުރާ އަދަދަކަށް މައްސަަލަތައް ނިންމި އެވެ. އެއީ 155 މައްސަލަ އެވެ.

މިދިޔަ އަހަރުގެ އެކި މަސްމަހު ނިންމި މައްސަލަތަކުގެ އަދަދުތައްް

  • ޖެނުއަރީ: 51 މައްސަލަ
  • ފެބްރުއަރީ: 77 މައްސަލަ
  • މާޗް: 66 މައްސަލަ
  • އޭޕްރިލް: 49 މައްސަލަ
  • މޭ: 48 މައްސަލަ
  • ޖޫން: 113 މައްސަލަ
  • ޖުލައި: 70 މައްސަލަ
  • އޮގަސްޓް : 74 މައްސަލަ
  • ސެޕްޓެމްބަރު: 75 މައްސަލަ
  • އޮކްޓޯބަރު: 61 މައްސަލަ
  • ނޮވެމްބަރު: 44 މައްސަލަ
  • ޑިސެމްބަރު:58 މައްސަލަ

ކްރިމިނަލް ކޯޓުގެ ތަފާސް ހިސާބުތަކުގައިވާ ގޮތުން އެކޯޓުން މިދިޔަ އަހަރު ގިނަ އަދަދެއްގެ ކޯޓު އަމަރު ވެސް ނެރުނެވެ. އެއީ ބަންދުގެ މުއްދަތާ މެދު ގޮތް ނިންމުމުގެ 2،331 މައްސަލަ އަކާއި 1795 އެހިނިހެން އަމުރެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *