logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ޗައިނާގެ ހޮސްޕިޓަލެއްގެ ތެރޭގައި ބަލިމީހުންތަކެއް ފަރުވާ ހޯދަން ޖަމާވެފައި ފޮޓޯ: ރޮއިޓާސް

އާބާދީގެ 80 އިންސައްތަ މީހުންނަށް ކޮވިޑް ޖެހިއްޖެ: ޗައިނާ

ޗައިނާގެ އާބާދީގެ 80 އިންސައްތަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް އެ ގައުމު ސަރުކާރުގެ ސައިންސްވެރިއަކު ވިދާޅުވެއްޖެއެވެ.

ޗައިނާ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ޗީފް އެޕިޑެމިއޮލޮޖިސްޓް ވޫ ޒުންޔޫ ވެއިބޯ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ވިދާޅުވެފައިވަނީ، އާ އަހަރުގެ ޗުއްޓީ މޫސުމުގައި، ގިނަ ބަޔަކު އެއްވެ އުޅުމުގެ ސަބަބުން ބަލިމަޑުކަން އިތުރަށް ފެތުރިދާނެ ކަމަށެވެ. ބައެއް ސަރަހައްދުތަކުގައި ބަލި ފެތުރޭ މިންވަރު އިހުނަށްވުރެެވެސް އިތުރުވުން އެކަށީގެންވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް ކައިރި މުސްތަގުބަލެއްގައި ޗައިނާއަށް ދެވަނަ ފަހަރަށް ކޮވިޑުގެ ރާޅެއް އައުމުގެ ފުރުސަތު ކުޑަކަމަށް ވޫ ވިދާޅުވިއެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ޗައިނާގައި އެޅި ހަރުކަށި ފިޔަވަޅުތައް ވަނީ މިދިޔަ އަހަރު ފަހުކޮޅު އުވާލާފައެވެ. އަދި ގައުމުގެ ބޯޑަރުތައްވެސް ވަނީ ހުޅުވާލާފައެވެ. ލުއިދިނުމާ އެކު ޗައިނާގެ އެކި ކަންކޮޅުތަކުގައި ޗުއްޓީ ހޭދަކުރުމަށް އެތައް މިލިއަން ރައްޔިތުން ދަނީ ދަތުރުކުރަމުންނެވެ. އެ ގައުމުގެ ރަށްފުށުގެ ސަރަހައްދުތަކުގައި ކޮވިޑް ފެތުރިދާނެ ކަމުގެ ބިރު މިހާރު އެބައޮތެވެ.

ޖެނުއަރީ މަހުގެ 12 ވަނަ ދުވަހާ ހަމައަށް ގާތްގަނޑަކަށް ކޮވިޑް ޖެހިގެން 60،000  މަރުވެފައިވާ ކަމަށް ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ނަމަވެސް ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ސަރުކާރުން ދީފައިވާ އަދަދުތަކުގެ ތެރޭގައި ގޭގައި މަރުވާ ގިނަ ބަޔަކު ނުހިމެނޭ ކަމަށެވެ. އެހެންވެ ޗައިނާއިން ހާމަކުރާ އަދަދުތަކާއި މެދު ޑަބްލިއުއެޗްއޯއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *