logo minivan

English

އާދިއްތަ, 13 އޮކްޓޯބަރ 2024

ލިވަޕޫލާއި ޗެލްސީގެ ކުރިމަތިލުން ލަނޑެއް ނުޖެހި އެއްވަރުވެއްޖެ

ލިވަޕޫލާއި ޗެލްސީގެ ކުރިމަތިލުން ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ.

ލިވަޕޫލްގެ އެންޕީލްޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެން ނުޖެހިއެވެ. މި މެޗްގައި ލަނޑު ޖަހާނެ މާރަނގަޅު ފުރުޞަތެއް އެއްވެސް ޓީމަކަށް ތަނަވަސްކުރެވިފައެއް ނުވެއެވެ. މެޗްގެ އެންމެ ރަނގަޅު ފުރުޞަތު ލިބުނީ އެންމެ ފަހުން ޗެލްސީއަށް ސޮއިކުރި ޔޫކްރެއިންގެ މުޑްރީކްއަށެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތީ ދާގަނޑަށެވެ. އަނިޔާގެ ސަބަބުން ލިވަޕޫލް އެންމެ ފަހުން ކުޅުނު 3 މެޗްގައި ނުކުޅެވުނު ޑާރވިން ނޫނޭޒް މި މެޗްގެ ދެވަނަ ހާފުގައި ވަނީ ކުޅެން އަރާފައެވެ.

އިނގިރޭސީ ޕްރިމިއާ ލީގުގައި މި 2 ޓީމު އޮތް ހިސާބަށް ބަލާއިރު 19 މެޗުން ލިބުނު 29 ޕޮއިންޓާއެކު ލިވަޕޫލް އޮތީ ތާވަލްގެ 8 ވަނައިގައެވެ. 20 މެޗުން ލިބުނު 29 ޕޮއިންޓާއެކު ޗެލްސީ އޮތީ 10 ވަނައިގައެވެ. ލިވަޕޫލަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *